adbanner

adbanner
Home » » ޗެމްޕިއަން ޓީމަށް 10،000 ރ އަށްވުރެ ބޮޑު އިނާމަކާއެކު ރަމަޒާން ކަޕް ފަށައިފި

ޗެމްޕިއަން ޓީމަށް 10،000 ރ އަށްވުރެ ބޮޑު އިނާމަކާއެކު ރަމަޒާން ކަޕް ފަށައިފި

Wednesday, July 17, 2013 | 11:23 PM

ސޮސް ރަމަޒާން ކަޕް 2013 މިއަދު ފެށިއްޖެއެވެ. ރަށުގެ ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހަވީރު 4:30 ގައެވެ. ޝަރަފްވެރި މެހްމާނަކީ ހިންނަވަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ އަސްލަމް އިބްރާހީމްއެވެ
މުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ބައްދަލުކުރީ ގްރޫޕް 1 ގެ ރެޑް ޑެވިލްޒްއާއި ޓޯރާ ބޯރާއެވެ. މެޗް ކާމިޔާބުކުރީ 2-0 އިން ޓޯރާބޯރާއެވެ. ގޯލްތައް ކާމިޔާބުކޮށްދިނީ އަމާނުﷲ އާއި އަސްރާރުއެވެ. މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ޓޯރާބޯރާގެ މަމްދޫޙު ރަޝީދުއެވެ
މިއަދުގެ މެޗުން ރެޑް ޑެވިލްޒް ބަލިވިޔަސް މެޗް ފެށިގެން ފުރަތަމަ ހާފްގެ ކުރީކޮޅު މޮޅަށް ކުޅުނީ ރެޑް ޑެވިލްޒް ޓީމެވެ. ޓޯރާބޯރާއިން މެޗްގެ ކޮންޓްރޯލް ނެގީ ފުރަތަމަ ހާފްގެ ފަހުކޮޅު އެ ޓީމުން ކައުންޓަރ އެޓޭކް ގައި ދެފަހަރުމަތިން ދެ ގޯލު ކާމިޔާބުކުރުމުންނެވެ. ފަހު ހާފުގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް މޮޅަށް ކުޅުނީ ޓޯރާ ބޯރާ އެވެ
މާދަމާ ހަވީރުވެސް ކުޅޭނީ ގްރޫޕް 1 ގެ މެޗެކެވެ. ބައްދަލުކުރާނީ އެކްސް ބޯއީޒް އާއި ކްރިސްޓަލްއެވެ. މެޗް ފެށޭނީ 4:30 ގައެވެ. މުބާރާތުގެ މެޗް ޝެޑިއުލް ޑައުންލޯޑް ކުރުމަށް މި ލިންކަށް ކްލިކް ކޮށްލައްވާ!
މި މުބާރާތް ފުރިހަމަ މުބާރާތަކަށް ހެދުމަށްޓަކައި ސޮސް ބޯއީޒް އިން ބުރަ މަސައްކަތްތަކެއް ކޮށް، ގިނަ ތައްޔާރީތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބޭ ވާދައިގެ ތަށީގެ އިތުރުން ދިހަ ހާހަށްވުރެ ބޮޑު ފައިސާގެ އިނާމެއް ދޭނެކަމަށް ސޮސް ބޯއީޒުން ބުނެއެވެ
ހުޅުވުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗްގެ އިތުރު ފޮޓޯތައް މި ސައިޓްގެ ފޭސްބުކް ޕޭޖުން
މޮޅުކުޅުންތެރިޔާއަށް އިނާމުދެނީ

ފެށުމުގެ ރަސްމިއްޔާތުގައި ދެ ޓީމް

މިއަދު މެޗްގެ ރެފްރީއާއި ލައިންސްމަނުން

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger