adbanner

adbanner
Home » » ހިންނަވަރު ސޮސް ބޯއީޒްގެ ސޮސް ރަމަޒާން ކަޕް ޖުލައި 17 ގައި ފެށެނީ

ހިންނަވަރު ސޮސް ބޯއީޒްގެ ސޮސް ރަމަޒާން ކަޕް ޖުލައި 17 ގައި ފެށެނީ

Monday, July 15, 2013 | 5:30 PM

ސޮސް ބޯއީޒް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ހިންނަވަރުގައި ރަމަޟާންމަހު ބާއްވާ ފުޓުބޯޅަ މުބާރާތް ޖުލައި 17 ވާ ބުދަ ދުވަހު ފެށޭނެކަމަށް ސޮސް ބޯއީޒްއިން ބުނެފިއެވެ
މިފަހަރުގެ މުބާރާތުގައި 7 ޓީމް ވާދަކުރެއެވެ. އެއީ ގްރޫޕް 1 ގައި ރެޑް ޑެވިލްޒް، ޓޯރާބޯރާ، އެސްސް-ބޯއީޒް، ކްރިސްޓަލް، އަދި ގްރޫޕް 2 ގައި ލޭޒަރ-އެކްސް، ޓޯނަޑޯޒް އަދި ރިވަރސައިޑް އެވެ. 2 ގުރޫޕަކަށް ބަހާލައިގެން މެޗްތައް ކުޅެ ކޮންމެ ގްރޫޕަކުން އެންމެ މޮޅު 2 ޓީމް ސެމީއަށް ދާނެއެވެ. ފައިނަލްގައި ކުޅޭނީ އެ 4 ޓީމް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ 1 ފަހަރު ކުޅެ އެތަނުން މޮޅުވާ 2 ޓީމެވެ. މުބާރާތުގެ ފައިނަލް މެޗް ބޭއްވޭނީ 5 އޯގަސްޓް ވާ ހޯމަދުވަހުއެވެ
ޖުލައި 17 ވަނަ ދުވަހު ކުޅެވޭ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ރެޑް ޑެވިލްޒް އާއި ޓޯރާބޯރާއެވެ
މިއީ ސޮސް ބޯއީޒް އިން ރަމަޟާން ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާތާ 3 ވަނަ އަހަރެވެ. އެ ޖަމިއްޔާއިން ބުނާގޮތުގައި މި ފަހަރުގެ މައިގަނޑު ތަފާތަކީ ބޮޑު ގޯލަށް ކުޅޭ މުބާރާތަކަށް މުބާރާތް ބަދަލުކޮށްފައިވާކަމެވެ
މި ލިޔުން ހިއްސާކުރައްވާ :

1 comment:

  1. ހާދަ ދެރައޭ ރަމަޟާންމަހުގެ ޙުރުމަތަށް ބެލުމެއެ ނެތީމައި. މިސައިޓުންވެސް މިކަންތައްތައް ކުއްވެރިނުކުރާތީ ވަރަށް ދެރަ

    ReplyDelete

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger