adbanner

adbanner
Home » , » ދެމެޗުން ބަލިވެ ކްރިސްޓަލް މުބާރާތުން ކަޓައިފި

ދެމެޗުން ބަލިވެ ކްރިސްޓަލް މުބާރާތުން ކަޓައިފި

Tuesday, July 30, 2013 | 7:27 PM

ރަމަޒާން ކަޕްގެ ދެވަނަ ބުރުގައި ކްރިސްޓަލް އާއި އެކްސް-ބޯއީޒް ބައްދަލުކޮށް 3-1 އިން އެކްސް-ބޯއީޒް ކާމިޔާބުކޮށްފިއެވެ. އެކްސް-ބޯއީޒް މެޗް ކާމިޔާބުކުރީ ކްރިސްޓަލް ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3 ގޯލު ޖަހައިގެންނެވެ. އެކްސް-ބޯއީޒް މި މެޗްގައި 3 ގޯލު ޖެހިއިރު، 3 ރީނދޫ ކާޑުވެސް ދައްކާފައިވެއެވެ.
ކްރިސްޓަލްގެ ގޯލު ފުރަތަމަ ހާފްގައި ޖަހައިދިނީ 4 ވަނަ މިނެޓްގައި އަޙްމަދު ފަޔާޒެވެ.
ފަހު ހާފް ފެށުމާއި އެކު ފުރަމަތަ މިނެޓްގައި އެކްސް-ބޯއީޒް ފުރަތަމަ ގޯލު ޖެހިއެވެ. ގޯލު ޖެހީ ޙުސައިން ސަމާއު އެވެ. ދެވަނަ ގޯލުޖަހައި ލީޑު ހޯދައިދިނީ 20 ވަނަ މިނެޓްގައި އަޙްމަދު ޙާފިޒްއެވެ. މެޗް ނިމުމުގެ ކުރިން އިތުރު ވަގުތުގައި އަޙްމަދު ޚަލީލް އިތުރު ގޯލެއް ޖަހައި ނަތީޖާ 3-1 އަށް ބަދަލުކޮށްލިއެވެ.
މެޗްގައި އެކްސް-ބޯއީޒްގެ ޙުސައިން ސަމާއު އަށާއި، އަޙްމަދު ޚަލީލަށް އަދި ޢަލީ އިބްރާހީމަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެކްސް-ބޯއީޒްގެ ނަމްބަރ 4، ޙުސައިން ސަމާއު އެވެ. އިނާމު ދެއްވީ ހިންނަވަރު ކައުންސިލް މެމްބަރ ޝިހާން ޙަސަން (ކޮކިއްޓޭ) އެވެ.
އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ބުރަށް އައި ނަމަވެސް ދެވަނަ ބުރުގައި ކުޅުނު ދެ މެޗުންވެސް ބަލިވުމުން ކްރިސްޓަލްއަށް ފައިނަލަށް ދިއުމުގެ ފުރުޞަތު މިހިސާބުން ގެއްލުނީއެވެ. ބާކީ އެއް މެޗް އަދި އެބައޮތެވެ. މެޗާ ބެހޭގޮތުން ކްރިސްޓަލްގެ މެނޭޖަރ މުޙައްމަދު އުސްމާނު ބުނަނީ މިއަދުވެސް ދިމާވީ ކުރީ ދުވަހުގެވެސް މައްސަލަ ކަމަށެވެ. ރަނގަޅަށް ކުޅެ ފުރަތަމަ ލީޑު ނެގި ނަމަވެސް ކުޅޫންތެރިން ނެތުމުގެ ސަބަބުން ބަދަލެއް ގެނެވެން ނެތި، ޓީމް ޕްރެޝަރުގައި ކުޅެން ޖެހުމުން ނުހިފެހެއްޓި މެޗު ގެއްލުނީ ކަމުގައެވެ.
އެކްސް-ބޯއީޒްގެ ކޯޗު ހަމީޒް ހާމިދު ބުނަނީ މެޗްގެ ނަތީޖާ އާއި ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަ ޖެހުނަސް މެޗާމެދު ކަންބޮޑުވުންތަކެއް ހުރި ކަމުގައެވެ. އެގޮތުން ރެފްރީންގެ ނިންމުންތައް އެންމެ ރަނގަޅުކަމަށް ނުދެކޭ ކަމަށާއި، ދައްކާފައިވާ ބައެއް ކާޑުތަކާމެދުވެސް ސުވާލު އުފެދޭކަމަށެވެ.
މާދަމާ ކުޅޭނީ ރިވަރސައިޑް އާއި ޓޯނަޑޯޒް އެވެ.
އިތުރު ފޮޓޯ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger