adbanner

adbanner
Home » , » ހިންނަވަރުން 3500 އެއްހާ ވޯޓު: ރަޖިސްޓްރީކުރުން ކުރިއަށްދަނީ

ހިންނަވަރުން 3500 އެއްހާ ވޯޓު: ރަޖިސްޓްރީކުރުން ކުރިއަށްދަނީ

Monday, July 29, 2013 | 2:33 PM

އާބާދީގައި 4500 އަށްވުރެ ގިނަ ރައްޔިތުން ހިމެނޭ ހިންނަވަރުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 3500 އެއްހާ މީހުން ހިމެނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފިއެވެ. އެ ކޮމިޝަނުން ނެރެފައިވާ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓުގައި ހިންނަވަރުން ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ޖުމްލަ ޢަދަދަކީ 3430 އެވެ.
އެހެން ރަށްރަށެކޭ އެއްގޮތަށް ހިންނަވަރުގައިވެސް ވޯޓު ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ރަށްވެހިފެވައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް އެދޭ ފަރާތްތަކުން ކޮންމެ ދުވަހަކު 9:00 އިން 2:30 ގެ ކުރިން ފޯމް ލެވޭނެ އިންތިޒާމް ހިންނަވަރު ކައުންސިލް އިދާރާގައި ވަނީ ހަމަޖެހިފައެވެ. އިލެކްޝަންސްގެ ހިންނަވަރު ފޯކަލް ޕޮއިންޓް މުޙައްމަދު އަބޫބަކުރު ވިދާޅުވީ އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީކުރުން ހުޅުވާލެވިފައިވަނީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާއި ހަމައަށެވެ. އެއީ އޮގަސްޓް 7 އެވެ. އެދުވަސް އަންނަންދެން މަޑުނުކޮށް ވީހާ އަވަހަކަށް އެކަން ފުރިހަމަކުރައްވައިގެން ތިއްބެވުމަށްވެސް މުޙައްމަދު އަބޫބަކުރު އެދިލައްވައެވެ.
ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ 3430 މީހުން ހިންނަވަރުގެ ރަޖިސްޓްރީގައި ތިބި ނަމަވެސް ދިރިއުޅުން ބަދަލުވެފައިވުމާއި، ވަޒީފާއާއި އެހެނިހެން ބޭނުންތަކުގައި ރަށުގެ އެތައް ބަޔަކު ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ތަންތާނގައި ވުމުން ހިންނަވަރުގައި ވޯޓުލާ ހިންނަވަރު މީހުންގެ ޢަދަދު އެވަރެއް ނުވާނެއެވެ. 2008 ގެ ރިޔާސީ އިންތިޚާބުގައި ހިންނަވަރުގައި ތިބެގެން ވޯޓު ލާފައިވާ މީހުންގެ ޢަދަދު އުޅެނީ 1800 އާއި ހިސާބުގައެވެ. މިފަހަރު އެ ޢަދަދު 2000 އަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކުރެވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger