adbanner

adbanner
Home » , » ކްރިސްޓަލްގެ ފުރަތަމަ ބަލި 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކާއެކު

ކްރިސްޓަލްގެ ފުރަތަމަ ބަލި 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކާއެކު

Monday, July 29, 2013 | 11:22 PM

ރަމަޒާން ކަޕްގެ ދެވަނަ ބުރުގެ ދެވަނަ މެޗްގައި ކްރިސްޓަލް އާއި ބައްދަލުކޮށް ޓޯނަޑޯޒް 4-1 އިން ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ ހާފްގައި ޓޯނަޑޯޒްއިން ދެގޯލު ޖެހިއެވެ. ގޯލްތައް ޖަހައިދިނީ 13 ވަނަ މިނެޓްގައި ޖޯޒީ ނަމްބަރ 19 ޢަލީ މުޚުތާރު އާއި 24 ވަނަ މިނެޓްގައި ޖޯޒީ ނަމްބަރ 7 އަޙްމަދު ޒިޔާން އެވެ.
ފަހު ހާފްގެ 11 ވަނަ މިނެޓްގައި ޓޯނަޑޯޒްގެ  10 ނަމްބަރ ޢަބްދުﷲ ޔަޢުޤޫބް ޓޯނަޑޯޒްގެ  3 ވަނަ ގޯލް ކާމިޔާބުކޮށްދިނެވެ. ކްރިސްޓަލްގެ ހަމައެކަނި ގޯލު ޖަހައިދިނީ 23 ވަނަ މިނެޓްގައި 17 ނަމްބަރ އިސްމާޢީލް އާދަމްއެވެ. މެޗްގެ ފުރަތަމަ ގޯލު ޖަހައިދިން ޢަލީ މުޚުތާރު މެޗް ނިމުމުގެ ކުރިން 29 ވަނަ މިނެޓްގައި އަނެއްކާވެސް ގޯލެއް ޖަހައިދީ ނަތީޖާ 4-1 އަށް ބަދަލުކޮށްދިނެވެ.
މެޗް ނިމުމުގެ ކުރިން ފަހުވަގުތު ޓޯނަޑޯޒްގެ ޝާހިދު ޢީސާއަށް ރީނދޫކާޑެއް ދައްކާފައިވެއެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓޯނަޑޯޒްއަށް 2 ގޯލު ޖަހައިދިން ޢަލީ މުޚުތާރުއެވެ. އިނާމް ދެއްވީ ހިންނަވަރު ޕޮލިސް އިންޗާޖު ޢަބްދުއްރަޙީމް މޫސާއެވެ.
ކްރިސްޓަލް ދެވަނަ ބުރަށް އައީ މެޗަކުން ބަލި ނުވެއެވެ. މިއަދުގެ މެޗާ ބެހޭގޮތުން ޓީމުގެ މެނޭޖަރު މުޙައްމަދު ޢުސްމާނު ބުނީ މެޗުން ބަލިވީ ފުރަތަމަ 11 ގައި ހިމެނޭ މުހިއްމު 5 ކުޅުންތެރިއަކު ތަފާތު ސަބަބުތަކާހުރެ މިއަދު ބައިވެރި ނުވުމުގެ ސަބަބުންނެވެ. ނަމަވެސް ކުރިއަށް އޮތް 2 މެޗާ ދޭތެރޭ އުއްމީދު ކަނޑާ ނުލާ ކަމަށާއި އެ ކުޅުންތެރިންވެސް ކުޅޭނެކަމަށް އުއްމީދުކުރާކަމަށް މުޙައްމަދު ބުންޏެވެ. އަދި މާދަމާ އެކްސް-ބޯއީޒްއާ ދެކޮޅަށް ކުޅެންޖެހޭ މެޗް ކާމިޔާބުކުރުމަށް އުންމީދުކުރާ ކަމަށްވެސް ބުންޏެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger