adbanner

adbanner
Home » , » ރަމަޟާންމަހު ސްކޫލްގެ ކިޔެވުން ހެނދުނު 9:00 އިން 12:00 އަށް

ރަމަޟާންމަހު ސްކޫލްގެ ކިޔެވުން ހެނދުނު 9:00 އިން 12:00 އަށް

Tuesday, July 9, 2013 | 4:48 PM

ކުރިއެކޭވެސް އެއްގޮތަށް މިއަހަރުވެސް ރަމަޟާންމަހު ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ކިޔަވައިދޭ ސެޝަންގެ ވަގުތަށް ވަނީ ބަދަލުގެނެފިފައެވެ. މަރުކަޒުން ޢާއްމުކޮށްފައިވާ އިޢުލާންގައިވާ ގޮތުން ރަމަޟާންމަހު ކިޔަވައިދޭނީ ހެނދުނު 9:00 އިން ފެށިގެންނެވެ.

ދަރިވަރުން ސްކޫލަށް ޙާޟިރުވާންޖެހޭ ގަޑިއަކީ 8:50 އެވެ. އަދި 9:00 ގައި ކިޔެވުން ފެށޭނެއެވެ. ސެޝަން ނިމޭނީ މެންދުރު 12:00 ގައެވެ. 3 ގަޑިއިރުގެ ދިގުމިން ހިމެނޭ ކޮންމެ ދުވަހެއްގެ ސެޝަންގެ ވަގުތުގައި ކިޔަވައިދެވޭނީ 4 ޕީރިއަޑެވެ. އެއީ 45 މިނިޓްގެ 4 ޕީރިއަޑެވެ. މި ގަޑިތަކަކީ ގްރޭޑް 1 އިން ގްރޭޑް 12 ހިމެނޭގޮތުން ހުރިހާ ގްރޭޑަކަށްވެސް އެއް ގޮތަކަށް ހަމަޖެހިފައިވާ ގަޑިތަކެކެވެ.

ރޯދަމަހުގެ ސްކޫލްގެ ކިޔަވައިދޭ ގަޑިތައް ހަމަޖެއްސި ގޮތާ ބެހޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން، ޕްރައިމަރީ ސެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ ޑެޕިއުޓީ ޕްރިންސިޕަލް ޢަލީ އަޙްމަދު ވިދާޅުވީ ގަޑިތައް ހަމަޖެއްސުމުގައި ބަލާފައިވާނީ އެޑިޔުކޭޝަން މިނިސްޓްރީން މިއަހަރުގެ ރޯދަމަހުގެ ކިޔަވައިދޭ ގަޑިތައް ކަނޑައެޅުމުގައި ހަމަޖައްސަވާފައިވާ އުޞޫލަށް ފެތޭގޮތަށް ހަމަޖެއްސުމަށް ކަމުގައެވެ.

މަރުކަޒުގެ ކިޔަވައިދޭ ދަންފަޅީގެ ދިގުމިނަކީ 3 ގަޑިއިރުކަމަށްވިޔަސް، ޢާއްމު ގަވާއިދުގެ މަތިން ސްކޫލްގެ އޮފީސް މެންދުރުފަހު 13:30 އަށް ހުޅުވިފައި ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުންވެސް މަސައްކަތުގެ ރަސްމީ ވަގުތުގެ ދިގުމިނަކީ 4 ގަޑިއިރާ 30 މިނެޓެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger