adbanner

adbanner
Home » , » މެތްސް ވީކް އަކީ ހަމައެކަނި މުބާރާތްތަކެއްނޫން، ދަރިވަރުންގެ ދިރިއުޅުމަށް ފައިދާވާނެ ފިލާވަޅުތަކެއް: ޕްރަވީން

މެތްސް ވީކް އަކީ ހަމައެކަނި މުބާރާތްތަކެއްނޫން، ދަރިވަރުންގެ ދިރިއުޅުމަށް ފައިދާވާނެ ފިލާވަޅުތަކެއް: ޕްރަވީން

Friday, July 12, 2013 | 5:03 PM

މެތްސްވީކްގެ ކުއިޒް މުބާރާތް އިންޓަރހައުސް މެތްސް ކުއިޒް ކުރިއަށްދަނީ
ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ނިމިގެން ދިޔަ މެތްސް ވީކްގައި ބޭއްވުނު ތަފާތު މުބާރާތްތަކަކީ ހަމައެކަނި ވަނަހޮވައި، އިނާމުލިބޭ މުބާރާތްތަކެއް ނޫންކަމަށާއި، އެއީ ދަރިވަރުންގެ ދިރިއުޅުމަށް ފައިދާކުރާނެ ފިލާވަޅުތަކެއް ލިއްބައިދިން ޙަރަކާތްތަކެއް ކަމުގައި މެތްސް ވީކް ކޯޑިނޭޓް ކުރެއްވި މެތްސް ކުލަބުގެ އިންޗާޖު ޕްރަވީން ހާމަކުރައްވައިފިއެވެ. އެގޮތުން މެތްސް ވީކް ފާހަގަކުރުމަށް ބޭއްވުނު ލޯގޯ ކުރެހުމުގެ މުބާރާތާއި، ޗާޓު ހެދުމުގެ މުބާރާތާއި ސުވާލު މުބާރާތަކީވެސް ދަރިވަރުންގެ ތަފާތު ހުނަރުތައް ކުރިއެރުވުމަށް ލިބިގެން ދިޔަ ފުރުޞަތުތަކެއް ކަމުގައި އޭނާ އިތުރަށް ކިޔައިދެއްވިއެވެ.
މެތްސް ވީކް ފާހަގަ ކުރެވިފައިވަނީ ޖޫން 16 އިން 29 އަށެވެ. މެތްސް ވީކްގެ ޙަރަކާތްތަކުގެ ގޮތުގައި ފުރަތަމަ ބޭއްވުނީ މެތްސް ކުލަބަށް ލޯގޯ ތައްޔާރުކުރުމުގެ މުބާރާތެކެވެ. އޭގެ އިތުރުން ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވުނީ ޗާޓު ތައްޔާރުކުރުމުގެ މުބާރާތެކެވެ. މިއީ ޗާޓެއްގެ ގޮތުގައި ހިސާބުގެ އެކިއެކި ކޮންސެޕްޓް ދައްކުވައިދޭންޖެހޭ މުބާރާތެކެވެ.
ގްރޭޑް 8 އިން 12 އަށް، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ދަރިވަރުންނަށް އަމާޒުކޮށްގެން ސްކޫލް ހޯލުގައި ބޭއްވި ކުއިޒް މުބާރާތަކީ މެތްސް ވީކުގެ އެންމެ ފަހު ޙަރަކާތެވެ. ޖޫން 29 ވަނަ ދުވަހު ބޭއްވުނު މި މުބާރާތް ބޭއްވުނީ ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި ހައުސްތަކުން ވާދަކުރާގޮތަށެވެ. މި މުބާރާތުން 1 ވަނަ ޙާޞިލްކުރީ ހިލާލީ ހައުސްއެވެ. ހުރަވީ ހައުސް 2 ވަނަ ހޯދިއިރު، 3 ވަނަ ލިބުނީ އިސްކަންދަރީ ހައުސްއަށެވެ.
ކުއިޒް މުބާރާތް ފިޔަވައި ދެން ބޭއްވުނު މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި، ހުރިހާ މުބާރާތްތަކުގެ ވަނަވަނަ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުން އޮންނާނީ އެކަމަށް ޚާއްޞަކުރެވިގެން ބާއްވާ އެސެމްބްލީއެއްގައި ކަމުގައި ޕްރަވީން ހާމަކުރައްވައެވެ. އަދި މި ޙަރަކާތުގެ ސަބަބުން ދަރިވަރުން ހިސާބު މި މާއްދާއަށް އިތުރަށް ލޯހުޅުވި ޝައުޤުވެރިކަން އުފެދޭނެކަމަށާއި، އަދި އޭގެ އިތުރުން ހިސާބަކީ ދިރިއުޅުމާ ކިހާ ގުޅުންހުރި މާއްދާއެއްކަން އިތުރަށް އެނގިގެން ދާނެ ކަމުގައިވެސް ހާމަކުރެއްވިއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger