adbanner

adbanner
Home » » ހިންނަވަރުގައި ފިހާރަތަކަށް ފައިސާ ދެއްކުމަށް ކާޑު މެޝިން ބޭނުންކުރެވެނީ

ހިންނަވަރުގައި ފިހާރަތަކަށް ފައިސާ ދެއްކުމަށް ކާޑު މެޝިން ބޭނުންކުރެވެނީ

Thursday, July 11, 2013 | 2:43 PM

ހިންނަވަރުގައި ވިޔަފާރި ކުރާ ތަންތަނަށް ފައިސާ ދެއްކުމަށް ޕީއޯއެސް މެޝިން ނުވަތަ ކާޑު މެޝިންގެ ޚިދުމަތް ބޭނުންކުރެވެން ފަށައިފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހޯދޭ ޚިދުމަތެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ފަހިކޮށްދޭ މި ވަސީލަތުގެ ސަބަބުން ކަސްޓަމަރުން ނަގުދު ފައިސާ ގެނައުމުގެ ބަދަލުގައި ޑެބިޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ފަދަ ކާޑަކުން ކުރާ ވިޔަފާރިއަށް ނުވަތަ ހޯދާ ޚިދުމަތަށް ފައިސާ ދެއްކެއެވެ.
މީގެ ދެތިން ހަފްތާއެއްހާ ދުވަސްކުރިން ހިންނަވަރުގައި ފެށުނު މި ޚިދުމަތަކީ އެތައް އަހަރެއްގެ ދިގު އިންތިޒާރުގެ ނިމުމެވެ. ހިންނަވަރަކީ ލޭންޑް ފޯންގެ ޚިދުމަތް ނުލިބޭ ރަށަކަށް ވާތީ ކާޑު މެޝިންގެ ޚިދުމަތް ފެށޭގޮތް ނުވެފައި އޮތީއެވެ. ކަން މިހެން އޮއްވައި ސިމްކާޑު ލައްވައިގެން ބޭނުންކުރެވޭ މޯބައިލް ޓާރމިނަލް ކާޑު މެޝިންގެ ޚިދުމަތް ބޭންކުން ފަށާފައިވެސް އެ ޚިދުމަތް ދޭންފެށީ އެފަރާތުން ކަނޑައަޅާ ވަކިބަޔަކަށެވެ. އެ ހިފެހެއްޓުން ދޫކޮށްލުމާއެކު ހިންނަވަރުންވެސް ވިޔަފާރިވެރިން އެކަމަށް ކުރިމަތިލައި ޚިދުމަތް ފެށްޓީއެވެ.
ރަށުގައި ވިޔަފާރިކުރާ ޢާއްމުން ދެކޭގޮތުގައި އޭޓީއެމްގެ ޚިދުމަތްވެސް ނުލިބޭ ނިސްބަތުން އާބާދީ ބޮޑު ރަށަކަށް މިއީ ވަރަށް މުހިއްމު ޚިދުމަތެކެވެ. މީގެ އިތުރުން އެއްޗެއް ގަނެލާން ވުމުން އޭޓީއެމްއިން ފައިސާކޮޅެއް ނެގުމަށް ކަނޑު ދަތުރެއް ކޮށް ނައިފަރަށް ދާން ނުޖެހޭ ކަމީ ވަރަށް ބޮޑު ފަސޭހައެކެވެ.
ފައިސާ ދެއްކުމަށް ޕީއޯއެސް ޚިދުމަތްދޭ ވިޔަފާރިގެތަކުގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވާއިރު، މިވަގުތު އަދި މި ޚިދުމަތް ދެނީ ރަށުގެ 6 ފިހާރައަކުންނާއި 1 ރެސްޓޯރެންޓަކުންނެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger