adbanner

adbanner
Home » » ޖަމްޢިއްޔަތުއް ތައުޙީދުން މި ރޯދަމަހު އިންތިޒާމްކުރި ދެވަނަ ދަރުސް ޝެއިޚް ފަރީދާއެކު

ޖަމްޢިއްޔަތުއް ތައުޙީދުން މި ރޯދަމަހު އިންތިޒާމްކުރި ދެވަނަ ދަރުސް ޝެއިޚް ފަރީދާއެކު

Friday, July 19, 2013 | 5:53 PM

ޖަމިއްޔަތުއް ތައުޙީދުން އިންތިޒާމްކޮށް ހިންނަވަރުގައި މި ރޯދަމަހު ދެވަނަ ދަރުސްއެއް މިއަދު ބާއްވައިފިއެވެ. މިއަދުގެ ދަރުސް އޮތީ ޢަޞްރު ނަމާދަށްފަހު މަސްޖިދުލް އަންޞާރުގައެވެ. ދަރުސް ދެއްވީ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދެވެ
މިއަދުގެ ދަރުސްގައި ޝެއިޚް ފަރީދު ބޮޑަށް އަލިއަޅުވާލައްވައި ވާހަކަދެއްކެވީ ރޯދަމަހުގެ ފުރިހަމަ ފައިދާ ހޯދާނެ ގޮތުގެ މައްޗަށެވެ. ދަރުސް ނިންމުމަށްފަހު ދަރުސް އަޑުއަހަން ތިބި މީހުންނަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވުވާލެވުނެވެ. އަދި ސުވާލުތަކަށް ޝެއިޚް ފަރީދު ޖަވާބުދެއްވިއެވެ
ޝެއިޚް ފަރީދު ހިންނަވަރަށް ވަޑައިގަތީ މިއަދު ހެނދުނެވެ. އަދި ހިންނަވަރުގައި މިއަދު ހުކުރު ޚުޠުބާ ކިޔުއްވައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝެއިޚް ފަރީދު ހަމަޖައްސަވައި އެ ފުރުޞަތު ދެއްވިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger