adbanner

adbanner
Home » » އެންމެ ހެޔޮ އުންމަތް ކަމުގައި އަހަރެމެންވީތީ އުފާކޮށް ޝުކުރުކުރަންޖެހޭ: ޝެއިޚް މުޙައްމަދު އިބްރާހީމް

އެންމެ ހެޔޮ އުންމަތް ކަމުގައި އަހަރެމެންވީތީ އުފާކޮށް ޝުކުރުކުރަންޖެހޭ: ޝެއިޚް މުޙައްމަދު އިބްރާހީމް

Sunday, July 21, 2013 | 1:03 AM

މީސްތަކުންނަށްޓަކައި ކީރިތ ﷲ ސުބްޙާނަހޫ ވަތަޢާލާ ނެރުއްވި އެންމެ ހެޔޮ އުންމަތަކީ އަހަރެމެންގެ މި އުއްމަތް ކަމުގައި ވީތީ އެކަމަށް އުފާކޮށް ޝުކުރުވެރިވެ އެކަމުގެ ހެޔޮ ލިބިގަންނަންޖެހޭ ކަމުގައި އައްޝައިޚް މުޙައްމަދު އިބްރާހީމް ގޮވާލައްވައިފިއެވެ. ި ޝެއިޚް މި މޭރުމުން ވާހަކަ ދެއްކެވީ ޖަމިއްޔަތުއް ތައުޙީދުން އިންތިޒާމްކޮށް މިއަދު ޢަޞްރު ނަމާދަށްފަހު މަސްޖިދުލް އަންޞާރުގައި ބޭއްވި ދަރުސްގައި ވާހަކަ ދައްކަވަމުންނެވެ

ޅ.ނައިފަރު އަލަމާގެ އައްޝައިޚް މުޙައްމަދު އިބްރާހީމްގެ މިއަދުގެ ވާހަކައިގައި އަހަރެމެންނަކީ އެންމެ ހެޔޮ އުންމަތްކަމުގައި ވީ ސަބަބު ތަކުގެ މައްޗަށް ތަފްޞީލުކޮށް ވާހަކަދެއްކެވިއެވެ. އޭގެ ތެރޭގައި ހިމެނޭ މުހިއްމު ނުކުތާ ތަކުގެތެރޭގައި

- ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން، އަހަރެމެންގެ އުއްމަތަކީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރާ ބަޔަކަށް ވާކަން

- އަހަރެމެންނަށް ހެޔޮކަމުގެ މޫސުންތަކެއް ލިބޭކަން، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްލަން ކުޑަ ވަގުތުކޮޅަކުން، ނުވަތަ ވަކި ދުވަސްވަރެއްގައި ފުރުޞަތު ލިބޭކަން، އެގޮތުން ރަމަޟާންމަސް، ޙައްޖު ދުވަސް، ލައިލަތުލް ޤަދްރި ފަދަ ހެޔޮ ކަމުގެ ޚާއްޞަ ދުވަސްތަކާއި ފޯވަހިތައް

- މިއުއްމަތުގެ ނަބިއްޔާއަށްފަހު ދެން ނަބިއްޔަކު ނޫނީ ރަސޫލަކު ނުފޮނުއްވާނެތީ، ދީނީ ޝިޢާރު ފާޅުކޮށް ދީނަށް ގޮވުމުގެ ކަންތައްވެސް އަހަރެމެންނާ ޙަވާލުވެފައިވާކަން، ހިމެނެއެވެ.

މިއަދުގެ ދަރުސަށްފަހުވެސް ސުވާލާއި ޖަވާބުގެ ވަގުތުކޮޅެއް ބޭއްވުނެވެ

ޖަމިއްޔަތުއް ތައުޙީދުން ބުނާގޮތުގައި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ދަރުސް ޕްރޮގްރާމެއް ބޭއްވުމަށް މަސައްކަތް ކުރެވޭނެއެވެ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger