adbanner

adbanner
Home » , » ހިންނަވަރުގައި އަމިއްލަ ފަރުދުންތަކެއް އިސްނަގައިގެން ކުޑަކުދިންގެ ޕާކް ތަރައްޤީކުރަނީ

ހިންނަވަރުގައި އަމިއްލަ ފަރުދުންތަކެއް އިސްނަގައިގެން ކުޑަކުދިންގެ ޕާކް ތަރައްޤީކުރަނީ

Tuesday, July 23, 2013 | 10:48 PM

ހިންނަވަރުގައި ތަރައްޤީ ކުރުމަށް ޕްލޭންކުރެވިފައިވާ ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމުގެ މަސައްކަތް ރަށުގެ އަމިއްލަ ފަރުދުންގެ ބަޔަކު ކުރަން ފަށައިފިއެވެ. ކުޑަކުދިންގެ ޕާކްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވަނީ ހިންނަވަރުގެ މެދު ހުރަސްމަގުގެ ހުޅަނގުން މަގު ނިމޭ ހިސާބުގައިވާ ސަރަޙައްދެވެ. އެއީ ހުޅަނގު ފަރާތުން ހިއްކިބިން ފެށޭ ހިސާބެވެ.
ހިންނަވަރު ކައުންސިލުން ހާމަކުރެއްވި ގޮތުގައި ޕާކް ހެދުމަށް ހަމަޖެހުނު ތަނުގައި ކައުންސިލުން އިން ވަކިކޮށް ވަށާފާރު ރާނާފައިވާނެ ކަމަށެވެ. އަދި އެހެން ހުއްޓާ އެކަމަށް އެދި ކުރެއްދޫ އައިލެންޑް ރިޒޯޓްގައި ވަޒީފާ އަދާކުރާ ހިންނަވަރުގެ މުވައްޒަފުން އިސްނަގައިގެން ޕާކް ތަރައްޤީކުރަން ބޭނުންވެ ހުއްދައަށް އެދުނު ކަމަށެވެ. އެހެންކަމުން އެކަން ކުރުމުގެ ހުއްދަ އެމީހުންނަށް ދީފައިވާނެކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޕާކް ތަރައްޤީ ކުރުމާއި ޙަވާލުވި މީހުން މިހާރު އެކަމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ޕާކްތެރެއަށް ދޮންވެލި ލުމުގެ އިތުރުން ހަޓެއްވެސް ވަނީ ޕާކްގެ ތެރޭގައި އަޅާފައެވެ.
ހިންނަވަރުގައި ކުޑަކުދިންގެ ޕާކެއް ނޯވެއެވެ. އަލަށް ޕާކް ހެދުމަށް މި ހަމަޖެހުނު ސަރަޙައްދުވެސް ތަރައްޤީ ނުކުރެވި އޮންނަތާ އެތައް ދުވަހެއް ވުމަށްފަހު ކައުންސިލުން ވަށާފާރު ރާނާފައިވެއެވެ. އަދި އެތަން ތަރައްޤީކުރަން ބަޔަކު މި ފެށީ މިހެން އޮންނަތާ ދުވަސްތަކެއް ވީފަހުންނެވެ. މި ޕާކް އަވަހަށް ނިމި ކުޑަކުދިންނަށް ބޭނުންކުރެވޭނެ ދުވަހެއް ވީހާ އަވަހަކަށް ފެނުމަކީ ރަށުގެ ކޮންމެ މީހަކުމެ އެދޭނެ ކަމެކެވެ.
ޕާކްގެ އިތުރު ފޮޓޯ
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger