adbanner

adbanner
Home » , » ހާރުކާނީ ކިހާއިރަކު؟ ހާރަށް ކަމުދާނީ ކޮން އެއްޗެއް؟

ހާރުކާނީ ކިހާއިރަކު؟ ހާރަށް ކަމުދާނީ ކޮން އެއްޗެއް؟

Monday, July 29, 2013 | 12:06 AM

ރަމަޟާން މަހުގެ ރޯދަ ހިފުމުގައި ހާރުކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހާރު ކެއުމުގައި ވަކި ޚާއްޞަ ބާވަތެއް ނުވަތަ ބާވަތްތަކެއް ބޭނުންކުރުމަކީވެސް ފައިދާތަކެއް އެކުލެވޭ ކަމެކެވެ. ދީނީ އިރުޝާދުތަކަށް ބަލާލައިފިނަމަ ހާރު ކެއުމުގެ ވަގުތާއި ހާރު ކެއުމުގައި ބޭނުންކުރަންވީ ވަކި އެއްޗެއް އޮތްކަން ވަރަށް ރަނގަޅަށް ސާފުވެއެވެ.
ނަބަވީ އިރުޝާދަށް ބަލާއިރު ހާރުކެއުމަކީ ވަރަށް މުހިއްމުކަމެކެވެ. އޭގައި ބަރަކާތް އެކުލެވޭ ކަމެކެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅެއްގައި ތިޔަބައިމީހުން ހާރުކާށޭ، އެއީ އޭގައި ބަރަކާތް އެކުލެވޭ ކަމެއްކަމުގައި ވެއެވެ.
ހާރުކެއުމުގެ ނަމުގައި ބައެއް މީހުން 12 ޖަހާއިރު ނޫނީ 1 ޖަހާއިރު ނޫނީ އެފަދަ ވަގުތަކު ކައިގެން ނިދަން އޮށޯތުމުން އެއީ އަދި ހާރު ކެވުނީ ކަމުގައި ނުވާނެއެވެ. ނަބަވީ އިރުޝާދުގައި އެވާ ބަރަކާތް ލިބެނި ހާރަށް ވާނީ ހާރުދަމުގެ ވަގުތުގައި ކެއުމުންނެވެ. ހާރުކެއުމަކީ އެއީއެވެ. ރަސޫލާގެ ޙަދީސުން އެނގޭ ގޮތުގައި ހާރުކެއުން ވީހާވެސް ފަސްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
ހާރު ކެއުމުގައި ކަދުރު ބޭނުންކުރުމަކީ ގިނަ ބަޔަކު އެހާ ރައްޓެހި ކަމެއް ނޫނެވެ. ރޯދަވީއްލުމުގައި ކޮންމެހެން ކަދުރު ބޭނުންކުރާއިރު ހާރު ކެއުމުގައިވެސް ކަދުރު ބޭނުންކުރުމަކީ ދީނުގައި އަހައްމިއްޔަތު ދެއްވާފައިވާ ކަމެކެވެ. ހާރު ކެއުމުގައި ކަދުރު ބޭނުންކުރުމާމެދު ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅެއްގައި "މުއުމިނާގެ ހާރުކެއުމުގައި ކަދުރު ބޭނުންކުރުމުގެ މޮޅުކަމާއެވެ" މިފަދައަކުން އޮވެއެވެ. އެހެންކަމުން ހާރުކެއުން ވީހާވެސް ފަސްކުރުމާއި، ހާރު ކެއުމުގައި ކަދުރު ބޭނުންކުރުމަކީ ވަރަށް މުހިއްމު 2 ކަންތައްކަން ވަރަށް ރަނގަޅަށް މިއޮތީ އެނގޭށެވެ.
ހާރާމެދު މި ބުނެވިދިޔަ މުހިއްމު ނުކުތާ ތަކަށް ވިސްނާނުލެވި ތިބި އަޚުންނާއި އުޚުތުންވެސް ރޯދަމަހުގެ ކުރިއަށް އޮތް ރޭތަކުގައި ހާރުކެއުމުގައި އެކަންކަމަށް ޢަމަލުކުރަމާ ހިނގާށެވެ. ހާރުކެއުން ވީހާވެސް ބޮޑަކަށް ފަސްކޮށް ހާރުކެއުމުގައި ކަދުރު ބޭނުންކުރަމާ ހިނގާށެވެ. ރަސޫލުﷲ صلى الله عليه وسلم ސުންނަތާ އެއްގޮތަށް އެކަން ކުރުމުގެ މަތިވެރި ނިޔަތުގައެވެ. އޭރުން ހާރުކެއުމުންވެސް އިތުރު ހެޔޮކަމާއި ސަވާބުލިބި ފުރިހަމަ ރޯދައެއް ލިބުމުގައި އިތުރު ބާރެއް ލިބިގެންދާނެކަން ޔަޤީނެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger