adbanner

adbanner
Home » » ދެޓީމުގެ މޮޅު ކުޅުމަށްފަހު ޓޯނަޑޯޒްއަށް އުނދަގޫ މޮޅެއް

ދެޓީމުގެ މޮޅު ކުޅުމަށްފަހު ޓޯނަޑޯޒްއަށް އުނދަގޫ މޮޅެއް

Saturday, July 20, 2013 | 12:51 AM

ރަމަޒާން ކަޕް ގްރޫޕް 2 ގެ ފުރަތަމަ މެޗްގައި މިއަދު ޓޯނަޑޯޒްއާއި ލޭޒަރ-އެކްސް ބައްދަލުކޮށް 3-2 އިން ޓޯނަޑޯޒް ކާމިޔާބުކޮށްފިއެވެ
މި މުބާރާތުގައި މިހާތަނަށް އެންމެ ރީތި، މޮޅު އަދި ފައުލްކުރުން މަދު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ލީޑު ނެގީ ޓޯނަޑޯޒްގެ އިބްރާހީމް ޝިފާޒް (އިބޫ) އެވެ. މެޗް ފެށިގެން 15 ވަރަކަށް މިނެޓް ތެރޭ މި ގޯލް ކާމިޔާބުކޮށް މާ ގިނައިރެއް ނުވެ ލޭޒަރ-އެކްސް ގެ ޢައްފާން ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުރަތަމަ ހާފް ނިމުނީ އިތުރު ގޯލެއް ނުޖެހިއެވެ
ފަހު ހާފް ފަށައިގެން މާ ގިނައިރެއް ނުވެ ޓޯނަޑޯޒް އިން ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ. ދެވަނަ ލަނޑުވެސް ޖަހައިދިނީ އިބޫއެވެ. މި ލަނޑާ ވިދިގެން  ލޭޒަރ-އެކްސް ގެ އިބްރާހީމް ރަޝީދު (ކަކާ) ގޯލެއް ޖަހައި ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރިއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ގާތްވެފައިވަނިކޮށް ތިންވަނަ ފަހަރަށް ޓޯނަޑޯޒްއަށް ލީޑު ހޯދައިދިނީ ޝިމާލް އާދަމްއެވެ. ދެ ޓީމުންވެސް މޮޅަށްކުޅެ ރީތި ކުޅުމެއް ފެނިގެން ދިޔަ މެޗް ނިމިގެން ދިޔައީ 3-2 ގެ ނަތީޖާއިން ޓޯނަޑޯޒްއަށް މެޗް ކާމިޔާބުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓޯނަޑޯޒްގެ އިސްމާޢީލް މޫސާ (އިއްޕެ)އެވެ. އިނާމް ދެއްވީ މި މެޗްގެ ޝަރަފްވެރި މެހްމާނު ޔޫސުފް އިބްރާހީމް (ޔޫއްޓޭ) އެވެ
މިއަދުގެ މެޗުން ބަލިވިޔަސް ލޭޒަރ-އެކްސް ޓީމުގެ ކޯޗު މި މެޗުގެ ނަތީޖާއާމެދު އަދި ކުޅުންތެރިންގެ ކުޅުމާމެދުވެސް ހިތްހަމަޖެހެއެވެ. ކޯޗު މުޙައްމަދު ޢަބްދުﷲ ދެކެލައްވާ ގޮތުގައި މިއަދު ކުޅެން ޖެހުނީ މި މުބާރާތުގެ އެންމެ މޮޅު، ވަރުގަދަ އެއް ޓީމާ ދެކޮޅަށެވެ. އަދި ޓީމުގައި ތިބި އާ ކުޅުންތެރިންނާ ބަލާއިރު ކުޅުންވެސް ރަނގަޅެވެ
މިއަދުގެ މެޗް ކާމިޔާބު ވީތީ ޓޯނާޑޯޒް ޓީމްގެ މެނޭޖަރ ޢަލީ މުޙައްމަދުވެސް ހުންނެވީ ވަރަށް ހިތްހަމަ ޖެހިފައެވެ. އެހެން ނަމަވެސް ޓީމް މިއަދު ކުޅުނީ ވަރަށް ބޮޑު ޕްރެޝަރެއްގައި އޮވެގެން ކަމަށާއި އެހެންކަމުން މިއީ އުނދަގޫ މެޗެއްކަމުގައި ޢަލީ ހާމަކުރެއްވިއެވެ. ސަބަބަކީ މެދުތެރެއާއި ފޯވަޑްލައިންގައި ކުޅޭ މުހިއްމު ދެ ކުޅުންތެރިން ޙާލަތު ނިޔާކުރިގޮތުން މިއަދުގެ މެޗްގައި ބައިވެރި ނުވެވުނީތީއެވެ
މުބާރާތުގެ ހަތަރުވަނަ މެޗްގައި، މާދަމާ (20 ޖުލައި) ކުޅޭނީ ގްރޫޕް 1 ގެ ރެޑް ޑެވިލްޒް އާއި އެކްސް-ބޯއީޒް އެވެ. ރެޑް ޑެވިލްޒް އަށް  އެއް މެޗް ކުޅެ ޕޮއިންޓެއް ލިބިފައި ނުވާއިރު އެކްސް-ބޯއީޒް ވަނީ އެއް މެޗް ކުޅެ އެއް ޕޮއިންޓް ހޯދާފައެވެ






މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger