adbanner

adbanner
Home » , » ފަހަތުން އަރާ ޓޯރާބޯރާ ބަލިކޮށް ޓޯނަޑޯޒް ދެވަނަބުރަށް

ފަހަތުން އަރާ ޓޯރާބޯރާ ބަލިކޮށް ޓޯނަޑޯޒް ދެވަނަބުރަށް

Saturday, July 27, 2013 | 11:59 PM

ސޮސް ރަމަޒާންކަޕް 2013 ގެ ފުރަތަމަ ބުރުގެ ފަހުމެޗްގެ ގޮތުގައި ކުޅެވުނު ޕްލޭ-އޯފް މެޗް ފަހަތުން އަރައި ޓޯނަޑޯޒް ކާމިޔާބުކޮށްފިއެވެ. ޓޯރާބޯރާ އާ ދެކޮޅަށް ކުޅެ ޓޯނަޑޯޒް ކާމިޔާބުކުރީ 2-1 އިންނެވެ. މި މެޗާއެކު ޓޯރާބޯރާ މުބާރާތާއި އަލްވަދާއު ކިޔައި ޓޯނަޑޯޒް ދެވަނަ ބުރުގެ ފަހު ޖާގަ ކަށަވަރު ކުރީއެވެ.
މެޗްގެ ފުރަތަމަ ގޯލް ޖެހީ ޓޯރާބޯރާއިންނެވެ. ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަމްޢޫންއެވެ. ޓޯރާބޯރާ ލީޑު ނަގާފައިވަނިކޮށް ފަހު ހާފްގައި ޓޯނަޑޯޒް ޓީމްގައި ކުޅޭ ދެބެން ދެ ގޯލްޖަހައި ޓީމް ދެވަނަ ބުރަށް ގެންގޮސްދިނެވެ. ފަހު ހާފް ފަށައިގެން ގިނައިރުތަކެއް ނުވެ 6 ވަނަ މިނެޓްގައި އިނާދު ޢީސާ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައިވަނިކޮށް، މެޗްގެ އެންމެ ފަހުވަގުތުކޮޅު ވިޖާޒް ޢީސާ ދެވަނަ ގޯލްޖަހައިދިނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓޯނަޑޯޒް ދެވަނަ ބުރަށް ގެންގޮސްދިން ގޯލު ކާމިޔާބުކޮށްދިން ޖޯޒީނަމްބަރ 5 ނަމްބަރު ވިޖާޒް ޢީސާއެވެ. އިނާމުދެއްވީ މެޗްގެ ޝަރަފްވެރި މެހްމާނު ހިންނަވަރު ކައުންސިލްގެ ނައިބްރައީސް އިބްރާހީމް ޤާސިމް (ގަސްޓޭ) އެވެ.
ފުރަތަމަ ބުރު ނިމިގެން ދިޔައިރު ގްރޫޕް1 ގެ 1 ވަނަ ހޯދީ އެކްސް-ބޯއީޒް އެވެ. ރަނަރަޕް ޓީމަކީ ކްރިސްޓަލްއެވެ. ގްރޫޕް2 އިން އެއްވަނަ ހޯދީ ރިވަރސައިޑް އެވެ. މި 3 ޓީމްގެ އިތުރުން ދެވަނަ ބުރުގެ ފަހުޖާގަ ކަނޑައެޅުނީ މިއަދުގެ ޕްލޭއޯފް މެޗުންނެވެ.
ދެވަނަ ބުރުގެ ކުޅުން ފެށޭނީ 28 ޖުލައި، އާދީއްތަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ކުޅޭނީ ދެ ގްރޫޕުން އެއްވަނަ ހޯދި ދެ ޓީމެވެ. އެއީ އެކްސް-ބޯއީޒްއާއި ރިވަރސައިޑް އެވެ.
މުބާރާތުގެ ފައިނަލަށް ދާނީ ދެވަނަ ބުރަށް ދިޔަ 4 ޓީމްގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށް އެންމެ މޮޅު ދެ ޓީމެވެ.
ދެވަނަބުރަށް ދިޔަ ޓީމް ތަކަކީ އެކްސް-ބޯއީޒް، ރިވަރސައިޑް، ކްރިސްޓަލް އަދި ޓޯނަޑޯޒް އެވެ. ފުރަތަމަ ބުރާއެކު މުބާރާތުން ކަޓާފައިވާ ޓީމްތަކަކީ ރެޑް ޑެވިލްޒް، ޓޯރާބޯރާ އަދި ލޭޒަރ-އެކްސް އެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger