adbanner

adbanner
Home » » ވޯޓު ލުމަށް ހިންނަވަރުގައި މިފަހަރު 5 ފޮށި

ވޯޓު ލުމަށް ހިންނަވަރުގައި މިފަހަރު 5 ފޮށި

Tuesday, August 13, 2013 | 4:53 PM

ސެޕްޓެމްބަރ 7 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ހިންނަވަރުގައި މިފަހަރު 5 ފޮށި ބެހެއްޓޭނެއެވެ.

ވޯޓުލުމަށް ބަހައްޓާ 5 ފޮށީގެ ތެރެއިން 2 ފޮށި ބަހައްޓަނީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ނޯތު ކެމްޕަސް ނުވަތަ އުތުރު އަވަށުގައި ހުންނަ ޢިމާރާތުގައެވެ. އެ ޢިމާރާތުގައި ބަހައްޓާ ފޮށިތަކުގެ ނަމްބަރަކީ G01.01.1 އާއި G01.01.2 އެވެ. އަނެއް 3 ފޮށި ބަހައްޓާނީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މައި ޢިމާރާތުގައެވެ. އެއީ ދެކުނު އަވަށެވެ. މި 3 ފޮށީގެ ނަމްބަރަކީ  G01.01.3 އާއި G01.01.4 އާއި G01.01.5 އެވެ.

ހިންނަވަރުގައި ބަހައްޓާ މި ދެންނެވި 5 ފޮށީގެ ތެރެއިން 4 ފޮށްޓަކީ ހިންނަވަރުގެ ރަށްވެހިން ވޯޓުލުމަށް ޚާއްޞަ ކުރެވޭ 4 ފޮށްޓެވެ. ހިންނަވަރުގައި ވޯޓުލާ އެހެން ރަށްރަށުގެ މީހުންނަށް ބެހެއްޓެނީ 1 ފޮށްޓެވެ. އެއީ ދެކުނު އަވަށުގައި ބެހެއްޓޭ 3 ފޮށީގެ ތެރެއިން  G01.01.4 ނަމްބަރު ވޯޓު ފޮށި ކަމުގައި އިލެކްޝަންސްގެ ހިންނަވަރު ފޯކަލް ޕޮއިންޓު މަޢުލޫމާތު ދެއްވައެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger