adbanner

adbanner
Home » , » ޖުމްހޫރީ ޕާޓީގެ ހިންނަވަރު ޖަގަހަ ނިމުމުގެ މަގުމަތީގައި

ޖުމްހޫރީ ޕާޓީގެ ހިންނަވަރު ޖަގަހަ ނިމުމުގެ މަގުމަތީގައި

Sunday, August 11, 2013 | 2:47 PM

ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރާއްޖެތެރެއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގެ ތެރެއިން- ހަވީރު ފޮޓޯ
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ގުޅުމަށް ކެމްޕެއިން ކުރުމަށް އެ ކޯލިޝަންގެ ކެމްޕޭން ޖަގަހައެއް ތައްޔާރުވަމުން އަންނަކަމަށް ޖުމްހޫރީ ޕާޓީގެ ހިންނަވަރު ގޮފިން މައުލޫމާތު ދެއްވައިފިއެވެ.

ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ޖަގަހަ ގާއިމްކުރެވެނީ ރަށުގެ ބަނދަރު ސަރަޙައްދުގައި މަކާން ހޮޓާގެ ފުރަގަހުން ހުންނަ ޢިމާރާތުގެ ބައެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަގަހަ ނިމި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ޖަގަހަ ހުޅުވައި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެމްޕޭންގެ އިތުރު ޙަރަކާތްތައް ހިންނަވަރުން ފެނިގެންދާނެއެވެ.


ރިޔާސީ އިންތިޚާބު ބާއްވަން މަސްދުވަހަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު  އަދި ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާއިރުވެސް، ހިންނަވަރުގައި ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ޙަރަކާތްތައް މާބޮޑަކަށް ނުފެނެއެވެ. ނަމަވެސް މިހާރު ރޯދަމަސްވެސް ނިމިފައިވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ޖަހަގަ ނިންމައި ކެމްޕޭން ޙަރަކާތްތަށް ފެނިގެންދާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ވަރަށް އަވަހަށް ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ދަތުރެއް ހިންނަވަރަށާއި މި ސަރަޙައްދަށް ކުރާނެކަމަށްވެސް އެނގިފައިވެއެވެ.  
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger