adbanner

adbanner
Home » , » ޕީޕީއެމް ހިންނަވަރު ކެމްޕޭން ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ޕީޕީއެމް ހިންނަވަރު ކެމްޕޭން ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

Monday, August 12, 2013 | 3:11 PM

ޕީޕީއެމް އިން ވަރަށް ފަހުން ހިންނަވަރުގައި ހެދި އާ ކެމްޕޭން ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ

ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގައެވެ. ޖަގަހައިގެ ތަފާތު ތިން ތަނަކަށް ތެޔޮ އުކާފައިވެއެވެ. ޖަގަހަ ހަދާނިމި ކެމްޕޭން ބައްދަލުވުންތަކާއި އެއްވުންތައް ބޭއްވުން ފެށިފައިވިޔަސް ޖަގަހަ އަދި ރަސްމީކޮށް ނުވެސް ހުޅުވައެވެ. ޖަގަހަ ރަސްމީކޮށް ހުޅުވުމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްމިއްޔާތު ބާއްވަން މަސައްކަތްކުރާކަމަށް ޕީޕީއެމްގެ ހިންނަވަރު ގޮފިން ކުރިން މަޢުލޫމާތު ދީފައިވެއެވެ.
ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާ ޙާދިސާއާއި ގުޅިގެން ޕީޕީއެމްގެ ހިންނަވަރު ގޮފިން ބުނީ އެއީ ވަރަށް ފިނޑި ޢަމަލެއް ކަމަށާއި އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމުގައެވެ. ޕީޕީއެމް ހިންނަވަރުގޮފިން އިތުރަށް ހާމަކުރެއްވި ގޮތުގައި ޑިމޮކްރަސީގައި ކެމްޕޭންކުރުމާ ޖަލްސާ ބޭއްވުމާ ޖަގަހަ ހަދައި އެއްވުން ބޭއްވުމަކީ ކޮންމެ ޕާޓީއަކަށްވެސް އޮންނަންވާނެ ޙައްޤެއް ކަމުގައެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ކޮށް އަނެއް ބައެއްގެ ޙައްޤަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައެވެ. އަދި މިކަން ކުރީ ކޮންބައެއްކަން ސީދާ އެނގިފައި ނުވާކަމަށާއި، ވަކި ބައެއްގެ ބޮލުގައި އަޅުވަން ބޭނުން ނުވާ ކަމުގައެވެ. ނަމަވެސް މިކަމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމުގައިވެސް އެފަރާތުން ހާމަކުރައްވައެވެ. އަދިވެސް އިތުރަށް ވިދާޅުވީ އެ ޙާދިސާ ހިނގިކަން އެނގުނީ މިއަދު ހެދުނު ކަމަށާއި ވީ އެންމެ އަވަހަކަށް އެތަން ރަނގަޅުކޮށްލާ އަލުން ކުލަލާނެކަމުގައެވެ.މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger