adbanner

adbanner
Home » , » ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭގޮތުން ދީނީ ދަރުސް ދެއްވައިފި

ދަރިން ތަރުބިއްޔަތު ކުރުމާ ބެހޭގޮތުން ދީނީ ދަރުސް ދެއްވައިފި

Friday, August 2, 2013 | 5:37 PM

ޖުލައި 13 ވަނަ ދުވަހު ޝެއިޚް މުހައްމަދު މޫސާ ދަރުސް ދެއްވަނީ
މިހާރު ފެށިގެން ކުރިއަށްދާ ދީނީ ނަޞޭޙަތް ދިނުމުގެ ސިލްސިލާގެ ތެރެއިން މި ރޯދަމަހު ބޭއްވުނު 5 ވަނަ ދަރުސް މިއަދު ބާއްވައިފިއެވެ. ޖަމިއްޔަތުއް ތައުޙީދުން އިންތިޒާމްކޮށްގެން ބޭއްވި މި ދަރުސް އޮތީ ޢަޞްރު ނަމާދަށްފަހު ހިންނަވަރު ހުކުރު މިސްކިތުގައެވެ. މިއަދުގެ ދަރުސް ދެއްވީ އައްޝައިޚް މުޙައްމަދު މޫސާ (ޅ.ނައިފަރު) އެވެ.
މިއަދުގެ ދަރުސްގެ މައިގަނޑު މައުޟޫއަކީ ދަރިނ ްތަރުބިއްޔަތު ކުރުމެވެ. މި މައުޟޫގައި ކުރިއަށް ވަޑައިގަންނަވަމުން ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތައް ކަމުގައި ފާހަގަކުރެއްވި ބައިތަކުގެ ތެރޭގައި:
-    ދަރިއަކު ލިބުން އެދި އިބްރާހީމް ޢަލައިހިއްސަލާމް ދުޢާ ކުރެއްވި ވާހަކައާއި އަދި ދެ ދަރިން ލިބުނު ވާހަކަ.
-    އަންހެނެއްނަމަ ރަނގަޅު ފިރިޔަކު ހޯދުމަކީ، އަދި ފިރިހެނަކު ނަމަ ރަނގަޅު އަނތްބަކު ހޯދުމަކީ ދަރިފުޅަށްޓަކައި އަދާކޮށްދޭންޖެހޭ ޙައްޤެއްކަން.
-    ދެމަފިރިން ރޭކުރުމުގެ ކުރިންވެސް ދުޢާކުރަންޖެހޭކަން.
-    ޝަރުޢީގޮތުން ހުއްދަކުރާ ޙާލަތެއްގައި ނޫންގޮތަކަށް މާބަނޑުގައިވާ ދަރިފުޅު ވައްޓާލުން (އެބޯޓްކުރުން) ހުއްދަ ނުވާނެކަން.
-    މާބަނޑުގައި ޤުދުރަތީގޮތުން އޮންނަ މުއްދަތަށް އޮތުމަކީ ދަރިފުޅަށް ލިބިގެންވާ ޙައްޤެއްކަން. އެހެންކަމުން މަންމަ ނުވަތަ ބައްޕަގެ އުފަންދުވަހާ ދިމާވާގޮތަށް، ނުވަތަ ވަކި ޚާއްޞަ ދުވަހަކާ ދިމާވާގޮތަށް އޮޮޕަރޭޝަންކޮށްގެން (ސިޒޭރިއަން ހަދައިގެން) ދަރިފުޅު ނަގައިގެން ނުވަތަ ވިއްސައިގެން ނުވާނެކަން.
-    މާބަނޑުގައި އޮންނަ ދުވަސްވަރުން ފެށިގެން މަންމަގެ އުޅުން ދަރިފުޅަށް ވާރުތަކުރާނެކަން.
-    ދަރިފުޅު ވިހެއުމުން ކަންފަތް ދޮށުގައި ބަންގިގޮވައި ތަޙްނީކު ކުރަންވާނެކަން.
-    ހަތްދުވަސްވުމުން ނަންކިޔުމާއި، ދަރިފުޅުގެ ނަމުގެ ފަހަތަށް ލާންވާނީ ބައްޕަގެ ނަންކަން. މަދުބަޔަކު މަންމަގެ ނަން ލައި އުޅުނު ނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫންކަން.
-    ބޮޑުވެގެން އަންނައިރު ދަރިފުޅަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ އެއްޗަކީ ކީރިތި ޤުރުއާންކަން.
-    ކުޑަ ދަރިފުޅު މަޣްރިބު ނަމާދާއި ޢިޝާ ނަމާދާ ދެމެދު (ދެނަމާދު ދޭތެރޭ) ގެއިން ބޭރަށް ނުގެންދިއުން.
-    ދަރިންނަށް ދެވޭނެ އެންމެ ރަނގަޅު ތަރުބިއްޔަތަކީ މައިންބަފައިން ރީތި ނަމޫނާ ދެއްކުންކަން. ޢަމަލުތަކުގެ ތިލަފަތުގައިވެސް އެންމެ ބުރަދަން ހުރި އެއްޗަކީ ރަނގަޅު ސިފަތައްކަން. ބައެއް މީހުން ދަރިން ނޭދެވޭ ކަންކަމުގައި ދިފާޢުކުރަން މަސައްކަތް ކުރާކަން، މިސާލަކަށް އޭނާގެ ދިފާޢުގައި ޓީޗަރާ ދިމާއަށް އެއްޗެތި ކިޔާކަން. އެއީ ކޮށްގެންވާނެ ކަމެއް ނޫންކަން.
-    ހަތް އަހަރުވުމުން ނަމާދުކުރުމަށް ދަރިފުޅަށް އިރުޝާދުދީ އަމުރު ކުރުމާއި، 10 އަހަރުވުމުން ނަމާދުކުރުމަށް ބާރުއަޅައި، ނަމާދު ނުކުރާނަމަ، އަނިޔާނުވާހަކަލަ އަދަބުދިނުން، އޭގެ ތެރޭގައި އޭނާ ބޭނުންވާ ބައެއްކަހަލަ ކަންތައްތަކުން މަޙުރޫމްކުރުން.
-    ބޮޑުވަމުން އަންނަ ޢުމުރަށްބަލައި ނިދާތަން ވަކިކުރުން. މައިންބަފައިންނާ އެއްތާކު، އެއް ކޮޓަރީގައި ނުނިންދެވުން.
-    ދަރިންނާމެދު އުއްމީދު ކަނޑާނުލުމާއި، ދަރިންނަށް ދުއާކުރުން. އެހެނީ މައިންބަފައިން ދަރިންނަށް ކުރާ ދުޢާ އިޖާބަކުރައްވާކަން. ހިމެނެއެވެ.
އަދި ދަރުސްގެ ފަހުބައިގައި ރޯދަމަހާ ގުޅިގެން ބައެއްކަންކަން ހަނދާން ކޮށްދެއްވިއެވެ. އޭގެ ތެރޭގައި ލައިލަތުލް ޤަދްރި ހޯދޭތޯ، އެރޭގެ ހެޔޮކަން ލިބޭތޯ މަސައްކަތްކުރުމަށާއި، ފިޠުރުޒަކާތް ދެއްކުމަށާއި، ޝައްވާލުމަހުގެ ހަރޯދަ ހިފުމަށް ހަނދާންކޮށްދެއްވައި ގޮވާލެއްވިއެވެ.
ދަރުސަށްފަހު ޙާޟިރުވެ ތިބި މީހުންގެ ސުވާލުތަކަށް ޖަވާބުދިނުން އޮތެވެ.

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger