adbanner

adbanner
Home » , , » އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

އިންޓަރހައުސް ފުޓްބޯޅަ މުބާރާތް ފަށައިފި

Wednesday, August 21, 2013 | 8:37 PM

ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތް އިއްޔެ ފެށިއްޖެއެވެ.

މުބާރާތުގައި ވާދަކުރަނީ ސްކޫލްގެ ހަތަރު ހައުސްކަމުގައިވާ އިސްކަންދަރީ ހައުސް، ހިލާލީ ހައުސް، ދިޔަމިގިލީ ހައުސް އަދި ހުރަވީ ހައުސްއެވެ.

މުބާރާތް ބަހާލެވިފައިވަނީ ދެގޮތްޕަކަށް ނުވަތަ ދެ ޢުމުރުފުރާއަކަށެވެ. އެއީ ގްރޭޑް 6، 7 ގެ ބަޔާއި ގްރޭޑް 8، 9، 10، 11، އަދި 12 ގެ ބައެވެ. ކޮންމެ ބަޔަކުންވެސް ފައިނަލަށް ދާނީ ހަތަރު ހައުސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.

މުބާރާތުގައި އިއްޔެ އާއި މިއަދުވެސް ދެމެޗު ކުޅެވުނެވެ. އަދި މާދަމާ ދެމެޗު، ހުކުރު ދުވަހު ހެނދުނު 3 މެޗް އަދި ހަވީރު 3 މެޗް ކުޅެވޭނެއެވެ. ދެގޮފީގެ ފައިނަލް މެޗް ކުޅޭނީ އޯގަސްޓް 24 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.

މުބާރާތް ކޯޑިނޭޓް ކުރެއްވުމުގައި އިސްކޮށް އުޅުއްވާ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރ ޢާއިޝަތު ޔޫސުފް ވިދާޅުވީ މުބާރާތް ހިންގުމާއި ހައުސްތަކުގެ ކަންތައްތަކުގައި ޓީޗަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑުކަން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ފަރާތުންވެސް ވަރަށް ޖޯޝާ ފޯރީ ފެނިގެންދާ ކަމުގައެވެ. ނަމަވެސް މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތަފާތު ސަބަބުތަކާހުރެ މުބާރާތުގައި ބައިވެރި ނުވެވޭ ދަރިވަރުން ނިސްބަތުން ގިނަކަން ފާހަގަކުރެވެއެވެ.

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger