adbanner

adbanner
Home » , » ހިންނަވަރު ޔޫތު ސޮސައިޓީ ތިންވަނަ ޑިވިޒަންގައި ކުޅުނު ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

ހިންނަވަރު ޔޫތު ސޮސައިޓީ ތިންވަނަ ޑިވިޒަންގައި ކުޅުނު ފުރަތަމަ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

Sunday, August 25, 2013 | 1:03 AM

މާލޭގައި މިހާރު ކުރިއަށްދާ އެފްއޭއެމްގެ 3 ވަނަ ޑިވިޒަންގެ ފުޓުބޯޅަ މުބާރާތުގައި ހިންނަވަރު ޔޫތު ސޮސައިޓީ (ހައިނަސް)ގެ ޓީމް ކުޅުނު ފުރަތަމަ މެޗް އެ ޓީމު ކާމިޔާބުކޮށްފިއެވެ.

އޯގަސްޓް 24 ވީ ހޮނިހިރު ދުވަހު ކުޅުނު މި މެޗް ކާމިޔާބުކުރީ ސީބީއެލް އާ ދެކޮޅަށް ކުޅެ 15-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ގޯލުތައް ކާމިޔާބުކޮށްދިނީ ޢަލީ މުޚުތާރު ޙުސައިން 7 ގޯލު، މުޙައްމަދު އަޖުވަދު އާދަމް 3 ގޯލު، އަޙްމަދުﷲ މަޢުޠޫފު އިބްރާހީމް 2 ގޯލު، އަޙްމަދު މަޢުރޫފް 2 ގޯލު އަދި މުޙައްމަދު ޢައްފާން 1 ގޯލެވެ.

ތިންވަނަ ޑިވިޒަންގައި ވާދަކުރާ 51 ޓީމު ވަނީ 17 ގްރޫޕަށް ބަހާލެވިފައެވެ. ހިންނަވަރު ޔޫތު ސޮސައިޓީ ހިމެނެނީ 14 ވަނ ގްރޫޕްގައެވެ. ހިންނަވަރު ޔޫތު ސޮސައިޓީގެ ދެވަނަ މެޗް ކުޅޭނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުއެވެ.

ހިންނަވަރު ޔޫތު ސޮސައިޓީއަކީ ހިންނަވަރުގެ އުތުރު އަވަށަށް ނިސްބަތްވާ، އަދި ކުޅިވަރަށް ލޯބިކުރާ ކުދިންކޮޅެއް އުފައްދައި ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ. މިއަހަރު ތިންވަނަ ޑިވިޒަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވިއިރު އަޔަން ބޯއީޒްއާއި ހިންނަ ބޯއީޒްގެ ކުޅުންތެރިންގެ ބައިވެރިވުން ލިބިފައިވާ ކަމަށް ޔޫތު ސޮސައިޓީން މަޢުލޫމާތު ދެއްވިއެވެ.

މިފަހަރުގެ ފުޓުބޯޅަ މުބާރާތާ ގުޅިގެން މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ ޢުމަރު ހާމަކުރެއްވި ގޮތުގައި މިފަހަރުގެ ޓީމްގައި 2 ކުޅުންތެރިން ފިޔަވައި ދެން ތިބޭނީ މުޅިންވެސް ހިންނަވަރުގެ ކުޅުންތެރިންނެވެ. އަދި މި މުބާރާތުގައި ކުޅެ، ކުރިއަރައި ގޮސް ކުރިއަށް އޮތް ތާނގައި ޤައުމީ ފެންވަރުގައި ހިންނަވަރުގެ މި ޓީމް ރަނގަޅު ކާމިޔާބުތަކެއް ހޯދުމަށް އުއްމީދުކުރާ ކަމުގައިވެސް ހާމަކުރެއްވިއެވެ.

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger