adbanner

adbanner
Home » , » ފައިނަލްގައި ކުޅޭނީ ޓޯނަޑޯޒް އާއި ރިވަރސައިޑް

ފައިނަލްގައި ކުޅޭނީ ޓޯނަޑޯޒް އާއި ރިވަރސައިޑް

Saturday, August 3, 2013 | 10:58 PM

ރިވަރސައިޑް އާއި ޓޯނަޑޯޒް ފުރަތަމަ ބުރުގައި ކުޅުނު މެޗް ފެށުމުގެ ކުރިން ދެޓީމުން ހަދިޔާ ބަދަލުކުރަނީ
ސޮސް ރަމަޒާން ކަޕް 2013 ގެ ފައިނަލްގައި ޓޯނަޑޯޒްއާއި ދެކޮޅަށް ފައިނަލްގައި ކުޅޭނެ ޓީމަކަށް ރިވަރސައިޑް ހޮވިއްޖެއެވެ.
މިއަދު ރިވަރސައިޑްއާއި ކްރިސްޓަލް މެޗް ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް ކްރިސްޓަލް މިއަދުގެ މެޗަށް ޙާޟިރުވެފައި ނުވާތީ، ރިވަރސައިޑަށް 3 ޕޮއިންޓާއެކު މެޗް ލިބުނީއެވެ.
ސޮސް ބޯއީޒް އިން މަޢުލޫމާތު ދޭ ގޮތުގައި މިއަދުގެ މެޗާ ބެހޭގޮތުން ކްރިސްޓަލް ޓީމުން ކުރިން ރަސްމީކޮށް މުބާރާތުގެ އިންތިޒާމްކޮމިޓީއަށް އަންގާފައެވެ. ނަމަވެސް ކްރިސްޓަލް ޓީމު މެޗަށް ޙާޟިރު ނުވާން ނިންމީ ކީއްވެކަމެއް، އަދި އެކަމާބެހޭގޮތުން މުބާރާތުގެ އިންތިޒާމްކޮމިޓީން ނިންމާފައިވާ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.
ޓޯނަޑޯޒް އާއި ރިވަރސައިޑް ވަނީ މި މުބާރާތުގައި މިހާތަނަށް ދެމެޗް ކުޅެފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި މެޗަކާއި ދެވަނަ ބުރުގައި މެޗެކެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗް 2-4 އިން ރިވަރސައިޑް ކާމިޔާބުކޮށްފައިވާއިރު ދެވަނަ ބުރުގެ މެޗް 2-2 އިން ވަނީ އެއްވަރު ވެފައެވެ. އަނެއްކޮޅުން ޓޯނަޑޯޒް އަކީ ފުރަތަމަ ބުރުގައި ގްރޫޕް 1 ގެ ތިންވަނަ ޓީމާއެކު ޕްލޭއޯފް ކުޅެގެން ދެވަނަ ބުރަށް ދިޔަ ޓީމެކެވެ.
ވާދައިގެ ތަށީގެ އިތުރުން 11،111 ރުފިޔާގެ ފައިސާގެ އިނާމެއް މި މުބާރާތުގެ ޗެމްޕިއަން ޓީމަށް، އަދި 5،555 ރުފިޔާގެ ފައިސާގެ އިނާމު ރަނަރަޕް ޓީމަށް ދޭނެކަމަށް ސޮސް ބޯއީޒް އިން ހާމަކުރެއެވެ.
ފައިނަލް މެޗް ކުޅޭނީ 5 އޯގަސްޓް ވާ ހޯމަ ދުވަހު ހަވީރުއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger