adbanner

adbanner
Home » , » ރިވަރސައިޑްގެ ފުރަތަމަ ބައްޔާއެކު، ރަމަޒާން ކަޕް ޗެމްޕިއަންކަން ޓޯނަޑޯޒްއަށް

ރިވަރސައިޑްގެ ފުރަތަމަ ބައްޔާއެކު، ރަމަޒާން ކަޕް ޗެމްޕިއަންކަން ޓޯނަޑޯޒްއަށް

Monday, August 5, 2013 | 11:28 PM

ހިންނަވަރު ސޮސް ބޯއީޒް ޖަމިއްޔާއިން އިންތިޒާމްކުރި ސޮސް ރަމަޒާން ކަޕް 2013 ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓޯނަޑޯޒް ޓީމް ހޯދައިފިއެވެ. ޖުމްލަ ހަތް ޓީމް ބައިވެރިވި މި މުބާރާތުގެ ފައިނަލްގައި ރިވަރސައިޑްއާއި ދެކޮޅަށްކުޅެ ޓޯނަޑޯޒް ޗެމްޕިއަންކަން ހޯދީ 1-3 ގެ ނަތީޖާއިންނެވެ.
މިއަދުގެ މެޗްގައި ޓޯނަޑޯޒްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ވިޖާޒު ޢީސާ 2 ގޯލު، އަދި ޢަބްދުﷲ ޔައުޤޫބު 1 ގޯލެވެ. ރިވަރސައިޑްގެ ހަމައެކަނި ގޯލް ޖަހައިދިނީ އަޙްމަދު އަނީސް މުޙައްމަދެވެ.
މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޓޯނަޑޯޒްގެ ޓީމަށް މި މެޗްގައި 2 ގޯލް ޖަހައިދިން ވިޖާޒު ޢީސާއެވެ.
މިއަދު މެންދުރު ފަހު މޫސުން ރީއްޗަށް ދެއްކިނަމަވެސް މެޗް ފެށުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ވަކިން ބޮޑަށް ފުރަތަމަ ހާފްގެ ކުރީކޮޅު ގަދަ ވަޔާއެކު ބޯވާރޭ ވެހުނު ނަމަވެސް މެޗްގެ ކުޅުން މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދުގެ މެޗަކީ ރިވަރސައިޑް މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބަލިވި މެޗެވެ. މީގެ ކުރިން ރިވަސައިޑް ވަނީ ފުރަތަމަ ބުރުގައި 2 މެޗުން މޮޅުވެ، ދެވަނަ ބުރުގައި ކުޅުނު 2 މެޗުން އެއްވަރުވެފައެވެ. ޓޯނަޑޯޒް އެއް މެޗުން ބަލިވެފައިވާއިރު އެއީ ފުރަތަމަ ބުރުގައި ރިވަރސައިޑާ ދެކޮޅަށް ކުޅުނު މެޗެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަޤާމްތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނެވެ.
ޗެމްޕިއަން ޓީމް - ޓޯނަޑޯޒް
ރަނަރަޕް ޓީމް - ރިވަރސައިޑް
ފެއަރޕްލޭ ޓީމް - ރެޑްޑެވިލްޒް
ފެއަރޕްލޭ ކުޅުންތެރިޔާ - އިސްމާޢީލް އާދަމް (ކްރިސްޓަލް)
އެންމެގިނަ ގޯލު ޖެހި ކުޅުންތެރިޔާ (4 ގޯލު)- ވިޖާޒު ޢީސާ (ޓޯނަޑޯޒް) އަދި ޙުސައިން މުޙައްމަދު (ރިވަރސައިޑް)
އެންމެ މޮޅު ގޯލް ކީޕަރ - ޢަބްދުﷲ ޝިޔާމް (ޓޯނަޑޯޒް)
އެންމެ މޮޅު ޑިފެންޑަރ - ޙުސައިން ސަމާއު (އެކްސް-ބޯއީޒް)
އެންމެ މޮޅު މިޑްފީލްޑަރ - ޝިމާލް އާދަމް (ޓޯނަޑޯޒް)
އެންމެ މޮޅު ފޯވަޑް - ޙުސައިން މުޙައްމަދު (ރިވަރސައިޑް)
21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އިބްރާހީމް ނިހާމް (ރިވަރސައިޑް)
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ - ވިޖާޒް ޢީސާ (ޓޯނަޑޯޒް)
އެންމެ މޮޅު ކޯޗު - އާދަމް ޔުސުފް (ރިވަރސައިޑް)، މެނޭޖަރ - ޢަލީ މުޙައްމަދު (ޓޯނަޑޯޒް)
ޗެމްޕިއަން ޓީމަށް 11،111 ރުފިޔާގެ އިނާމް ދީފައިވާއިރު ރަނަރަޕް ޓީމަށް ލިބުނު ފައިސާގެ އިނާމުގެ ޢަދަދަކީ 5،555 ރުފިޔާއެވެ.
މި މުބާރާތުގެ އިންތިޒާމްތައް ވަރަށް ރަނގަޅު ކަމުގައި ފާހަގަކުރަމެވެ. މިއީ ކާމިޔާބު އަދި ކުލަގަދަ މުބާރާތަކަށް ވުމުގައި ސޮސް ބޯއީޒް ޖަމިއްޔާއިން ބުރަ މަސައްކަތް ފެނިގެން ގޮސްފައިވެއެވެ. އަދި މުބާރާތް ކަވަރުކުރުމުގައި މި ވެބްސައިޓަށް ވެދިން އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ.
މި މުބާރާތް ހިންގުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި، ސޮސް ބޯއީޒްގެ ސެކްރެޓަރީ އިބްރާހީމް ޢާޠިފް ހާމަކުރެއްވި ގޮތުގައި މި މުބާރާތުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. އަދި ދެން އަންނަ ރަމަޟާންމަހު ބާއްވާ މުބާރާތް އަދި މިއަށްވުރެ ފުރިހަމަކޮށް، އަގުބޮޑު މުބާރާތަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، މިއަހަރުގެ ޑިސެމްބަރގެ ބޮޑު ޗުއްޓީގައިވެސް އިތުރު މުބާރާތެއް ބޭއްވޭތޯ އެ ޖަމިއްޔާއިން މަސައްކަތް ކުރާނެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger