adbanner

adbanner
Home » , » މެކްސް ޕްލަސް ފިހާރައިން ޢީދުހަދިޔާ އާއިއެކު ޢީދުސޭލް ޕްރޮމޯޝަން ފަށައިފި

މެކްސް ޕްލަސް ފިހާރައިން ޢީދުހަދިޔާ އާއިއެކު ޢީދުސޭލް ޕްރޮމޯޝަން ފަށައިފި

Sunday, August 4, 2013 | 2:36 PM

މެކްސް ޕްލަސް ފިހާރައިން ކުރާ ވިޔަފާރިއަށް "ޢީދު ހަދިޔާ" ގެ ނަމުގައި ދޭ ހަދިޔާއާއެކު ޢީދު ސޭލް ޕްރޮމޯޝަން ފަށައިފިއެވެ.
ޕްރޮމޯޝަން ފަށާފައިވަނީ 2 އޯގަސްޓް ވީ ހުކުރު ދުވަހުއެވެ. ކުރިއަށް އޮތް ފިޠުރު ޢީދަށް އަމާޒުކޮށް ފަށާފައިވާ މި ޕްރޮމޯޝަންގައި އިނާމު ދިނުމަށް އިނާމު ބާސްކޭޓެއް ބަހައްޓާފައިވެއެވެ. މެކްސް ޕްލަސް އިން ކުރާ 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް އެ ބާސްކޭޓުން ހަދިޔާއެއް ލިބެއެވެ. ކުރާ ވިޔަފާރީގެ ޖުމްލަ 200 ރުފިޔާއަށްވުރެ މަތިވެއްޖެނަމަ އެ ކަސްޓަމަރަކު އަމިއްލައަށް ބާސްކޭޓުން ހަދިޔާއެއް ނަގަންވީއެވެ. ހަދިޔާގެ ގޮތުގައި ލިބެނީ މެކްސް ޕްލަސްގައި ވިއްކަން ހުންނަ ތަފާތު ބާވަތް ބާވަތުގެ ތަކެއްޗެވެ.
ޢީދު ހަދިޔާގެ އިތުރުން ޢީދު ސޭލްގެ ގޮތުގައި ފިހާރައިގައި ވިއްކާ ބައެއް އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓް ކަނޑައި އަގުހެޔޮކޮށްފައިވާ ކަމަށާއި، ފިޠުރު ޢީދާ ހަމައަށް މި ސޭލް ކުރިއަށް ދާނެކަމުގައި މެކްސް ޕްލަސް އިން މަޢުލޫމާތު ދެއެވެ.

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger