adbanner

adbanner
Home » , » ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޓޯނަޑޯޒް ފައިނަލަށް

ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޓޯނަޑޯޒް ފައިނަލަށް

Friday, August 2, 2013 | 9:46 PM

 
ރަމަޒާންކަޕްގެ ދެވަނަ ބުރުގައި ބާކީ އެއްމެޗް އޮއްވައި މިއަދުގެ މެޗުން އެކްސް-ބޯއީޒް 4-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް، ފައިނަލަށް ދިޔަ ފުރަތަމަ ޓީމަކަށް ޓޯނަޑޯޒް ހޮވިއްޖެއެވެ.
ފުރަތަމަ ހާފްގައި އެއްވެސް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ނިމިފައިވިޔަސް ފަހު ހާފްގައި ޓޯނަޑޯޒް 4 ގޯލް ޖެހިއެވެ. ގޯލްތައް ކާމިޔާބުކޮށްދިނީ، ފުރަތަމަ ގޯލް ވިޖާޒު ޢީސާ، ދެވަނ ގޯލް ޢަލީ މުޚުތާރު، އަދި 3ވަނަ ގޯލާއި 4 ވަނަ ގޯލް އަޙްމަދު އަޙްސަން އެވެ.
މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓޯނަޑޯޒް އަށް 2 ގޯލް ޖަހައިދިން އަޙުމަދު އަޙްސަން އެވެ. އިނާމު ދެއްވީ މި މެޗްގެ ޝަރަފްވެރި މެހްމާން މުޙައްމަދު ޢަބްދުﷲ (ލިލީބެ) އެވެ.
މި މެޗުން މޮޅުވުމުން ޓޯނަޑޯޒް ފައިނަލަށް ދިޔައީއެވެ. ނަމަވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު އެކްސް-ބޯއީޒް އަށާއި ރިވަރސައިޑްއަށްވެސް އެބަ އޮތެވެ. ކްރިސްޓަލްވަނީ މިހާރު 2 މެޗުން ބަލިވެ ކަޓާފައެވެ.
މާދަމާގެ މެޗަކީ ދެވަނަ ބުރުގެ ފަހު މެޗެވެ. ފައިނަލް މެޗް ކުޅޭނީ އޯގަސްޓް 5 ވާ ހޯމަދުވަހުއެވެ.
foto credit: SOS BOYS



މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger