adbanner

adbanner
Home » , » ޝެއިޚް މުޙައްމަދު އިބްރާހީމްގެ މިއަދުގެ ދަރުސްގައި ރޯދައިގެ މާތްކަން

ޝެއިޚް މުޙައްމަދު އިބްރާހީމްގެ މިއަދުގެ ދަރުސްގައި ރޯދައިގެ މާތްކަން

Monday, August 5, 2013 | 11:58 PM

ޝެއިޚް މުޙައްމަދު އިބްރާހީމް މި ރޯދަމަހު ހިންނަވަރުގައި ދެއްވި ފުރަތަމަ ދަރުސްގެ ތެރެއިން
ޖަމިއްޔަތުއް ތައުޙީދުން އިންތިޒާމްކޮށްގެން މިއަދުވެސް ހިންނަވަރުގައި ދީނީ ދަރުސްއެއް ބާއްވައިފިއެވެ. ހުކުރު މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދަށްފަހު ދަރުސް ދެއްވީ އައްޝައިޚް މުޙައްމަދު އިބްރާހީމެވެ. މިއީ ޝެއިޚް މުޙައްމަދު އިބްރާހީމް މި ރަމަޟާންމަހު ހިންނަވަރުގައި ދީނީ ދަރުސް ދެއްވި ދެވަނަ ފަހަރެވެ.
މިއަދުގެ ދަރުސްގައި މައިގަނޑުގޮތެއްގައި އަލި އަޅުއްވާފައިވަނީ ރަމަޟާންމަހުގެ ރޯދައާބެހޭގޮތުންނެވެ. މުހިއްމު ބައިތަކުގެ ތެރޭގައި:
-    ކީރިތި ރަސޫލާގެ ޙަދީސްފުޅެއްގައި ވާގޮތުން "ރޯދަމަހެއް ފާއިތުވެ ދިޔައިރު އެމީހެއްގެ ފާފަ ނުފޮހެވިއްޖެ މީހަކީ ގެއްލެނިވެއްޖެ މީހެއް" ކަމުގައި ފާހަގަކުރައްވައި ރޯދަމަހަކީ ފާފަތައް ފޮހެ، ހެޔޮކަން އިތުރުކުރުމުގެ މުސުމެއްކަން.
-    ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ﷲ އަށް ތަޤްވާވެރިވެ ކިޔަމަންތެރިކަން އަދާކުރުން، ﷲ އަށް ތެދުވެރިވުން، އަދި އެކަލާނގެ މަނާކުރެއްވި ކަންތައްތަކުން ދުރުވެގެން ހުރުން.
-    މިގޮތަށް ހުރެ ރޯދަ ހިފުމުގެ މާތްކަމާއި ސަވާބުގެ މަތިވެރިކަން. ރޯދައިގެ ސަވާބު ޢަމަލުތައް ލިޔުއްވާ މަލާއިކަތާއަށްވެސް ރޯދައަށް ލިބޭ އަޖުރު އެނގިގެން ނުވާކަން، އެކަން އެނގިގެންވަނީ ހަމައެކަނި ﷲ އަށްކަން.
-    ކެތްތެރިކަން ދަސްކުރުން، އަހަރެމެންގެ ނަފްސުތައް ކެތްތެރިކަން ދަސްކުރުން، ކެތްތެރިކަމަކީ ސުވަރުގެ ހޯދުމުގެވެސް މަގެއްކަން. ސުވަރުގޭގައި ދުވަހެއް ދުވަހަކަށް މީހާ ޒުވާންވަމުން އަންނަކަން. އަދި ކޮންމެ ހުކުރު ދުވަހަކު ބައްދަލުވުމެއް ބޭއްވި، އެތާނގައި ﷲ ގެ ދީދާރުފުޅު ފެންނާނެކަން، އަދި އެ ބައްދަލުވުމަށްފަހު އެނބުރި އަންނައިރު އެމީހަކު ކުރިއަށްވުރެވެސް ރީތިވާނެކަން.
-    ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ފަޤީރުންގެ އިޙްސާސްތައް ދެނެގަތުމާއި އެމީހުންގެ ޙައްޤުތައް ދިނުން.
-    ދަގަނޑު ބާވެ ދަބަރު ޖަހާ ފަދައިން އިންސާނުންގެ ހިތްތައްވެސް ނުސާފުވާކަން. މިގޮތުން ހިތް ސާފުކޮށް ތާޒާކުރުމަށް މަރު ހަނދާކުރުމާއި، ﷲ އަށް ބިރުވެތި ވުމާއި ޤުރުއާން ކިޔެވުމަކީ  މުހިއްމުކަމެއްކަން.
-    ރޯދައިގެ ޙިކްމަތް ތަކުގެ ތެރޭގައި ޖިންސީ އެދުންތައް ކޮންޓްރޯލްކޮށް މައިތިރިކޮށް ބެހެއްޓުން އާދަވުން. މިސަބަބަށްޓަކައި، ކާވެނި ނުކޮށް ތިބޭމީހުން، އަދި ކާވެންޏެއް ކުރުމަށް ކުޅަދާނަވެގެން ނުވާ މީހުންވެސް ރޯދަހިފުން މުހިއްމުކަން.
-    ރޯދަމަސް ނިމުމުންވެސް ތިމާ ދީނީ ކަންކަމުގައި ހީވާގިވެ އިތުރަށް އުޅޭނަމަ އެއީ އޭނާގެ ރޯދަ ޤަބޫލުވެވި ފާފަ ފޮހެވިއްޖެ ކަމުގެ ޢަލާމާތެއްކަން. މިސާލަކަށް ރޯދަ މަސް ނިމި ދިއުމުންވެސް ސުންނަތް ރޯދަ ހިފައި އުޅުމާއި، ގިނައިން ޤުރުއާން ކިޔަވައި އުޅުމާއި، އަދި ދަމުނަމާދުކޮށް ހެދުމީ އެފަދަ ރަނގަޅު ނިޝާނެއްކަން.
މިއަދުގެ ދަރުސް ނިމުމުން ޙާޟިރުވެ ތިބި މީހުންގެ ސުވާލަށް ޖަވާބު ދިނުން އޮތެވެ.

ގުޅޭ ލިޔުން

ޝެއިޚް ޢަލީ ޝަރީފް ދެއްވި މިއަދުގެ ދަރުސްގައި އިސްލާމީ އަޚްލާޤުގެ ބައިތައް

އެންމެ ހެޔޮ އުންމަތް ކަމުގައި އަހަރެމެންވީތީ އުފާކޮށް ޝުކުރުކުރަންޖެހޭ: ޝެއިޚް މުޙައްމަދު އިބްރާހީމް

ޖަމްޢިއްޔަތުއް ތައުޙީދުން މި ރޯދަމަހު އިންތިޒާމްކުރި ދެވަނަ ދަރުސް ޝެއިޚް ފަރީދާއެކު

އެގާރަ މަސްދުވަހުގެ ކުޅިވަރާ މަޖަލަށްފަހު، މި ބަރަކާތްތެރިމަހު ﷲ އަށް ރުޖޫޢަ ވާންވީނޫންތޯ: މުޙައްމަދު މޫސާ

 

 

 

މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger