adbanner

adbanner
Home » , » ޢީދު މުބާރިކް ހިންނަވަރު

ޢީދު މުބާރިކް ހިންނަވަރު

Thursday, August 8, 2013 | 11:00 PM

މިއަދަކީ ބަރަކާތް ތެރި ފިޠުރު ޢީދު ދުވަހެވެ. މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި ހިންނަވަރުގެ އެންމެހާ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވަމެވެ.

ފިޠުރު ޒަކާތަށްފަހު، ހެނދުނު ހެނދުނާއި ކުރެވޭ ޢީދު ނަމާދުގެ މާތް އަޅުކަމާއެކު ފެށިގެންދާ ޢީދުގެ އުފާވެރިކަމުގެ ޙަރަކާތްތައް ކުރިއަށްދިޔައެވެ. ހިންނަވަރުގައި ޢީދު ނަމާދު ކުރެވުނީ މަސްޖިދުލް އަންޞާރުގައެވެ.

ހިންނަވަރަކީ ޢީދު އުފަލުގެ ޚާއްޞަ ކަމެއްގެ ގޮތުން ފެންޖަހައި ފެންކުޅި ކުޅެމުން އައި ރަށެކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކު މި ކުޅިވަރުގެ ފޯރި ދަށްވެފައިވެއެވެ. އަދި މިއީ ކުޑަ ޢީދު ކަމަށްވުމާއެކު ކުޑަކުދިން ފިޔަވައި މިއަދު މިކަމަކަށް މާ ފޯރިއެއް ނެތެވެ. މީގެ އިތުރުން ރަށުގައި ޢާޢްމުކޮށް ޢީދުގައި ކުޅެއުޅޭ ކުޅިވަރުތައް ކަމުގައިވާ ބަށިކުޅުމާއި އަރުވާ ކުޅުމާއި، އަދި ތަފާތު އެހެނިހެން އެފަދަ ކުޅިވަރުތައް ހެނދުނާއި ހަވީރު އެކި ހިސާބުތަކުގައި ކުޅުނެވެ. ޚާއްޞަ ބޮޑު ކަމެއްގެ ގޮތުގައި ފެނިގެން ދިޔައީ އައިބީއެޗް ފުޓްސަލް މުބާރާތެވެ.

ޢާއިލާއާއި ރައްޓެހިންގެ ގޭގެއަށް ޒިޔާރަތްކުރުމާއި އެކުގައި ސައިބޮއި އުފާކޮށް ކައިބޮއި ހެދުން އަދި ޢީދުގެ ތަހުނިޔާ ކިޔުންފަދަ ކަންކަމަކީ އުނިކަމެއް ނައިސް މިހާރުވެސް ކުރިއަށް ދާ ކަންކަމެވެ. ޢީދުގެ ތަހުނިޔާ ކިޔުމަކީ އެސްއެމްއެސްއާޢި އޮންލައިން މީޑިއާ މެދުވެރިކޮށް ކުރާ ކަމަކަށް މިހާރު މުޅިންހެން ބަދަލުވެފައިވިޔަސް، އެކަކު އަނެކަކަށް ބައްދަލުވުމުން ސަލާންކޮށް ޢީދުގެ ތަހުނިޔާ ކިޔުމަކީ މިހާރުވެސް މުހިއްމުކަމެއްކަމުގައި ދެކި އެކަން އެންމެންވެސް ކޮށް އުޅެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger