adbanner

adbanner
Home » , » އެމްޑީޕީގެ "ކުރިއަށް ކުރިއަށް ކުރިއަށް" ކެމްޕެއިން ހިންނަވަރުގައިވެސް، ބޯވާރެއާއެކު ކުރިއަށް ގެންގޮސްފި

އެމްޑީޕީގެ "ކުރިއަށް ކުރިއަށް ކުރިއަށް" ކެމްޕެއިން ހިންނަވަރުގައިވެސް، ބޯވާރެއާއެކު ކުރިއަށް ގެންގޮސްފި

Saturday, August 31, 2013 | 11:14 PM



އެމްޑީޕީގެ "ކުރިއަށް ކުރިއަށް ކުރިއަށް" ކެމްޕެއިން މިއަދު ހިންނަވަރުގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ޕާޓީގެ ހިންނަވަރުގޮފިން ހާމަކޮށްފިއެވެ.

މާލޭގައި ރައީސް ނަޝީދުއާއެކު މުޅި ރާއްޖޭގައި އެއް ގަޑިއެއްގައި ފެށި މި ޑޯޓުޑޯ ކެމްޕެއިން ހިންނަވަރުގައިވެސް ހެނދުނު 10 ޖެހިއިރު ގަޑިއަށް ފެށުނެވެ. ބޯވާރެއާއެކުވެސް މި ކެމްޕއިން ވަރަށް ފޯރިއާއެކު ހަވީރުވަންދެން ކުރިއަށް ގެންގޮސްފައިވެއެވެ. މި ކެމްޕެއިންގައި ގޭގެއަށް ވަކިވަކިން ޒިޔާރަތްކޮށް ކެމްޕެއިންއާއި ވޯޓުލުމާބެހޭ އެންމެ ފަހުގެ އަދި މުހިއްމު މަޢުލޫމާތު ދީފައިވެއެވެ. މިކަމުގައި އަންހެން ބޭފުޅުން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާކަމަށް މީޑިއާ ކޯޑިނޭޓަރ މަޢުލޫމާތު ދެއްވިއެވެ.

ކެމްޕޭންގެ ހަރަކާތްތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ މިހާރު އެންމެ ބާރަށް ހިނގާ އެއް ޙަރަކާތަކީ ރަށުތެރޭގައި ދިދަދަމައި ކުލަލައި ރަށް އެކީ "ރީނދޫ ކުރުމުގެ" މަސައްކަތެވެ. އަދި ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތަކާއި މެނިފެސްޓޯ ދައްކައިދޭ އިސްތިހާރުތައް ހަރުކުރުމެވެ. އަދި މާދަމާރޭ ހިންނަވަރު ޒުވާނުންގެ ވަރަށް ޚާއްޞާ ބާބެކިއު އެއް "މަސްބަހާމަގު" ސަރަޙައްދުގައި އޮންނާނެ ކަމުގައިވެސް މަޢުލޫމާތު ދެއްވިއެވެ. ބާބެކިއު ހިނގަމުންދާ ވަގުތު ކެމްޕެއިން ކުރުމާއި، ވޯޓުލުމާބެހޭ މަޢުލޫމާތު ދިނުންފަދަ ތަފާތު ހަރަކާތްތައް އޮންނާނެ ކަމަށާއި، އެ ބާބެކިއުއަށް އެންމެހާ ޒުވާނުންނަށާއި އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކަށާއި އެންމެހާ ބޭފުޅުންނަށް ފުރުޞަތު އޮންނާނެކަމުގައިވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger