adbanner

adbanner
Home » , » ޕާޓީގެ ނިންމުމާ އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ހިންނަވަރު ގޮފިންވެސް މަޑުކުރަނީ

ޕާޓީގެ ނިންމުމާ އެއްގޮތަށް ޖުމްހޫރީ ޕާޓީގެ ހިންނަވަރު ގޮފިންވެސް މަޑުކުރަނީ

Monday, September 16, 2013 | 2:21 PM

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއަށް ހިންނަވަރުގައި ތައްޔާޜުކުރި ޖުމްހޫރީ ޕާޓިގެ ކެމްޕޭން ޖަގަހަ
ޖުމްހޫރީ ޕާޓީގެ ހިންނަވަރު ގޮފިންވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަކިގޮތެއް އަދި ނުނިންމާ ކަމުގައި ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުނެގުމާ ނަތީޖާއާ ގުޅިގެން އެކަމާ ގުޅުންހުރި މައްސަލަތަކެއް ޖުމްހޫރީ ގުޅުމުން މިހާރުވަނީ ކޯޓަށް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކޮށް އަލުން ބޭއްވުމަށްވެސް އެދިފައިވެއެވެ. ޖުމްހޫރީ ގުޅުމުން އެދިފައިވަނީ ކޯޓު މަރުޙަލާއިން ވަކިގޮތަކަށް ނިމެންދެން އެޕާޓީއަށް ނުވަތަ އެ ގުޅުމަށް ތާއީދުކުރެއްވި ފަރާތްތައް އަދި ވަކި ގޮތެއް ނުނިންމައި މަޑުކުރުމަށެވެ. މި ނިންމުމަށް އިޖާބަދީ ޖުމްހޫރީ ޕާޓީގެ ހިންނަވަރު ގޮފިންވެސް މިވަގުތު އަދި ވަކި ގޮތެއް ނުނިންމާކަމުގައި ބުނެފައިވެއެވެ.

އެ ފަރާތުން ހާމަކޮށްފައިވަނީ ޖުމްހޫރީ ޕާޓިއަށް ތާއީދުކޮށް ކެމްޕޭންގެ ކަންކަމުގައި ހިންނަވަރުން އިސްވެ އުޅުއްވި ހުރިހާ ބޭފުޅުންވެސް އަދި ތިއްބެވީ ހަމަ އެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީއާއި ޕީޕީއެމްގެ ފަރާތުންވެސް ވާހަކަ ދައްކާ ކަމަށާއި އެފަރާތާ ގުޅުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް ކޯޓުމަރުޙަލާ ވަކިގޮތަކަށް ނިމެންދެން މަޑުކުރަން ގަސްތުކޮށްފައިވާ ކަމަށާއި، ތާއީދުކުރާނީ ހިންނަވަރަށް ފައިދާވާނެ ގޮތަކަށް ކަމަށްވެސް ހާމަކުރެއްވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރު ވޯޓުލީ މީހުންގެ ލިސްޓު ހޯދުމަށާއި، ފުރަތަމަ ބުރު ބާޠިލްކުރުމަށް އަދި އެކަމަށް ވަކިގޮތެއް ނިމެންދެން ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުމުގެ އަމުރަކަށް އެދިވެސް ޖުމްހޫރީ ކޯލިޝަނުން ވަނީ ކޯޓުތަކަށް ހުށަހަޅާފައެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger