adbanner

adbanner
Home » , , » މަރުގެ އިންޒާރުގެ ސައިލުން ބައެއް ހިންނަވަރަށްވެސް

މަރުގެ އިންޒާރުގެ ސައިލުން ބައެއް ހިންނަވަރަށްވެސް

Friday, September 27, 2013 | 10:31 PM

މަރުގެ އިންޒާރު ދިނުމަށް ފޮނުވި  އެސްއެމްއެސް ގެ ސްކްރީން ޝޮޓެއް
ރިޔާސީ އިންތިޚާބުގެ ވޯޓުނަގާ މަރުކަޒު ތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ރޭ ދަންވަރު އޮހިގެންދިޔަ މަރުގެ އިންޒާރުދޭ އެސްއެމްއެސްގެ ކޯރު ހިންނަވަރުގެ އިލެކްޝަންސް އޮފިޝަލުންނަށްވެސް ފޯރައިފިއެވެ.

ހިންނަވަރުގައި 5 ފޮށި ބަހައްޓާއިރު މީގެ ތެރެއިން 3 ފޮށްޓަކަށް ކަނޑައަޅާފައިވާ އޮފިޝަލުންނަށް މަރުގެ އިިންޒާރުދޭ އެސްއެމްއެސް ލިިބިފައިވެއެވެ. ބައެއް ބޭފުޅުންނަށް މި އެސްއެމްއެސް ލިބިފައިވަނީ ރޭ ދަންވަރު 1 ޖަހާ އެހާއިރުއެވެ. މި އިންޒާރު ދެ ފޮށްޓެއްގެ އޮފިޝަލުންނަށް ލިބިފައި ނުވާއިރު އިންތިޚާބުގެ ހިންނަވަރު ފޯކަލް ޕޮއިންޓް މުޙައްމަދު އަބޫބަކުރަށްވެސް އިންޒާރު ލިބިފައި ނުވެއެވެ. އިންޒާރުގެ މެސެޖް ލިބުނު އޮފިޝަލުންގެ ތެރޭގައި، ތިން މަރުކަޒެއްގެ ވެރިން ކަމުގައިވާ ޢަބްދުލް ޢަޒީޒް ރަޝާދު، މަޖްދާ އަދި ނުޒުހަތު ހިމެނެއެވެ.

މަރުގެ އިންޒާރުދޭ އެސްއެމްއެސްގައި އޮތް ޢިބާރާތަކީ "އެސް.ސީ. (ސުޕްރީމް ކޯޓު)ގެ އަމުރާ ޚިލާފަށް ދިވެހި ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފަށް ފުއާދު ތައުފީޤު އާ ބައިތު ހިފައިގެން ވޯޓު ކަންތައްތައް ހިންގައިފިއްޔާ މަރާނަން" ކަމުގައެވެ. އަދި މެސެޖް ނިންމާލާފައިވަނީ "ﷲ އަކްބަރު" މިހެންނެވެ.

ހިންނަވަރުގެ ވޯޓުމަރުކަޒުގެ އޮފިޝަލުންނަށް މެސެޖް ފޮނުވާފައިވާ ދެނަމްބަރެއް އެނގިފައިވެއެވެ. އެއީ 9762111، އާއި 9762109 މި ދެ ނަމްބަރެވެ. މި ދެ ނަމްބަރވެސް އަންލިސްޓް ކޮށްފައިވާތީ ރަޖިސްޓްރީކޮށްފައިވަނީ ކޮންފަރާތެއްގެ ނަމުގައިކަމެއް ނޭނގެއެވެ.

އިންތިޚާބުގެ ދެވަނަ ބުރު ލަސްކުރުމަށް އަމުރުނެރެފައިވަނިކޮށް އިންތިޚާބަށް ތައްޔާރުވުން ހުއްޓާނުލައި ކޮމިޝަނުން ކުރިއަށްގެންގޮސްފައި ވެއެވެ. އަދި އިންތިޚާބު ބާއްވާނެ މޭރުމަކުން ކޮމިޝަންގެ ރައީސް ރޭ އިރާކޮޅު ވިދާޅުވެފައިވަނިކޮށް ރޭ މި ފޮނުވުނު މެސެޖްތަކަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އޮފިޝަލުންނަށް ފޮނުވި މެސެޖްތަކެއްކަމުގައި ޚަބަރުފެތުރެމުން ދެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger