adbanner

adbanner
Home » , , » ހަތަރު ކެންޑިޑޭޓުންގެ ފަރާތުން ހިންނަވަރު ދާއިރާގެ ނަތީޖާއާމެދު ހިތްހަމަޖެހުން

ހަތަރު ކެންޑިޑޭޓުންގެ ފަރާތުން ހިންނަވަރު ދާއިރާގެ ނަތީޖާއާމެދު ހިތްހަމަޖެހުން

Sunday, September 8, 2013 | 11:55 PM


ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ހިންނަވަރު ދާއިރާގެ ނަތީޖާއާ މެދު ހަތަރު ކެންޑިޑޭޓުންގެ ފަރާތުން ކެމްޕެއިން ކުރި ފަރާތްތަކުންވެސް ހިތްހަމަޖެހޭކަން ފާޅުކޮށްފިއެވެ.

ކެންޑިޑޭޓް ނަމްބަރ 1 ޤާސިމް އިބްރާހީމް، ހިންނަވަރުން: 19.69%، މުޅި ރާއްޖޭން: 24.1%
ކެންޑިޑޭޓް ނަމްބަރ 2، ޑރ.މުޙައްމަދު ވަޙީދު، ހިންނަވަރުން: 1.93%، މުޅި ރާއްޖޭން: 5.1%
ކެންޑިޑޭޓް ނަމްބަރ 3، ޢަބްދުﷲ ޔާމީން، ހިންނަވަރުން: 27.78%، މުޅި ރާއްޖޭން: 25.3%
ކެންޑިޑޭޓް ނަމްބަރ 4، މުޙައްމަދު ނަޝީދު، ހިންނަވަރުން: 50.60%، މުޅި ރާއްޖޭން: 45.5%

މުޅި ރާއްޖޭގެ ޖުމްލަ ނަތީޖާއާއި ހިންނަވަރުގެ ނަތީޖާގެ ނިސްބަތް އަޅާ ކިޔާލުމުން ކުދިކުދި ތަފާތުތަކެއް ފާހަގަވެއެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުންވެސް ހިންނަވަރުގައި ކެމްޕޭންކުރި ޓީމުތަކުން ވަނީ ހިންނަވަރުން ލިބުނު ނަތީޖާއާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. އަދި ބައެއް ބޭފުޅުން އިތުރު ބައެއް ނުކުތާވެސް ފާހަގަކުރެއްވިއެވެ.

މުޅި ރާއްޖޭގެ ނިސްބަތުން ލިބުނު ނަތީޖާއަށްވުރެ ހިންނަވަރުން ލިބުނު ޕަސެންޓޭޖް ދަށް ނަމަވެސް، ޖުމްހޫރީ ގުޅުމުގެ ހިންނަވަރު ކެމްޕޭން ޓީމުން ބުނެފައިވަނީ އެ ބޭފުޅުންގެ އަމާޒު ނުވަތަ ޓާގެޓް ޙާޞިލުވެ ޓާގެޓަށްވުރެ މަތިވެ، ބޯނަސްވެސް ލިބިފައިވާ ކަމުގައެވެ. ހިންނަވަރަކީވެސް މައިގަނޑުގޮތެއްގައި އެމްޑީޕީ އަދި ޕީޕީއެމްގެ ފިކުރު އޮތް ތަނަކަށް ވާއިރު، އެބޭފުޅުން ޕްރޮމޯޓްކުރީ އާ ފިކުރަކަށް ވެފައިމެ ނަތީޖާ ރަގަޅުކަމުގައެވެ. އެބޭފުޅުން ލަފާކުރި އަދަދުގެ ދެގުނައާ ގާތަށް ވޯޓު ލިބިފައިވާ ކަމުގައެވެ. އަދި ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ކިޔާކަމުގައިވެސް ހާމަކުރެއްވިއެވެ. ދެވަނަ ބުރަށް ވިސްނާނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުން ދެންނެވީ ހިންނަވަރަށް ފައިދާހުރި ގޮތަކަށް އިސްކަންދޭނެ ކަމަށާއި އަދި ވަކިގޮތެއް ނުނިންމާ ކަމުގައެވެ.

ޤައުމާއިގެން ކުރިއަށް ކޯލިޝަންގެ ހިންނަވަރު ކެމްޕޭން ޓީމުންވެސް ބުނެފައިވަނީ ހިންނަވަރުން ލިބުނީ އެދެވޭ ނަތީޖާއެއް ކަމަށާއި އެ ނަތީޖާއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމުގައެވެ. ނަމަވެސް މުޅި ރާއްޖޭން ޑރ.ވަޙީދަށް 5.1 ޕަސެންޓް ލިބުނު އިރު ހިންނަވަރުން 2 ޕަސެންޓްވެސް ހަމަނުވެ ލިބުނު ވޯޓުގެ ނިސްބަތް ވަރަށް ދަށްކަން ފާހަގަކުރެވެއެވެ.

ޕީޕީއެމް ހިންނަވަރު ދާއިރާއިން ބުނެފައިވަނީ ހިންނަވަރުން ލިބުނު ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. ޔާމީނަށްވެސް މުޅި ރާއްޖޭން 25 ޕަސެންޓް ލިބިފައިވާއިރު، ހިންނަވަރުން ލިބުނު ވޯޓުގެ ނިސްބަތް އެއަށްވުރެ 2 ޕަސެންޓް އިތުރެވެ. ދެވަނަ ބުރަށް އިތުރަށް މަސައްކަތްކޮށް ހިންނަވަރުން މާ އެދެވޭ ނަތީޖާއެއް ނެރޭނެކަމަށްވެސް ހާމަކުރެއްވިއެވެ. އަދި އެމްޑީޕީން ރައީސް ނަޝީދު ހޯއްދެވި ކާމިޔާބަށް މަރުޙަބާ ކިޔައި، މުޅި ރާއްޖޭން ލިބިފައިވަނީ ފާހަގަކުރެވޭ ނަތީޖާއެއް ކަމުގައިވެސް އިތުރަށް ހާމަކުރެއްވިއެވެ.

ހިންނަވަރުން އެމްޑީޕީއަށް ލިބުނު ނަތީޖާއާމެދު ހިންނަވަރު ދާއިރާގެ ސްޕޯކްސް ޕާސަންއާއި ވާހަކަދައްކާލެވިފައި ނުވިޔަސް ހިންނަވަރުން އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބިފައިވާކަން ފާހަގަކުރެވެއެވެ. އަދި އެއީ މުޅި ރާއްޖޭން ލިބުނު 45 ޕަސެންޓަށް ބަލާއިރު ކުރިއެރުމެކެވެ. ހިންނަވަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި މެމްބަރ އިބޫ ވާހަކަ ދައްކަވައި ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރެއްވިކަމަށާއި ހުއްޓާނުލައި މަސައްކަތްކޮށް އިތުރު ވޯޓު ހޯދައި ދެވަނަ ބުރުންވެސް ފުރިހަމަ ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަޕޯޓަރުންނަށް ގޮވާލެއްވިކަން އެނގިފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

1 comment:

  1. Alhugandah varah bodah yageen, thi result ga eba ulhey kuda massala eh. MDP ge riyaasee candidate ah hinnavarun libunu total koh 56% votes. Aee, emme dhakkoh libunu foshin vx libifavey 51% votes.

    http://www.haveeru.com.mv/dhivehi/mvelection13/results/7

    ReplyDelete

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger