adbanner

adbanner
Home » , » ރައީސް މައުމޫން ޕީޕީއެމް ހިންނަވަރު ޖަގަހަ ހުޅުވައިދެއްވައިފި

ރައީސް މައުމޫން ޕީޕީއެމް ހިންނަވަރު ޖަގަހަ ހުޅުވައިދެއްވައިފި

Monday, September 2, 2013 | 3:08 PM

ރައީސް މައުމޫން ހިންނަވަރު ޖަގަހަ ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯތައް: ޕީޕީއެމް ޕޭޖު)

ރައީސް މައުމޫންއާއި ޕީޕީއެމް ގެ އިސްބޭފުޅުން، އަދި ރިޔާސީ އިންތިޚާބަށް ޕީޕީއެމް އާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ އިސް ބޭފުޅުންނާއެކު ޅ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެބޭފުޅުން ހިންނަވަރަށް ވަޑައިގަތީ އިއްޔެ މެންދުރާ ގާތްވެފައި ވަނިކޮށެވެ. އޮގަސްޓް މަހުގެ ތެރޭގައި ހަދާ ނިންމާފައިވާ މި އާ ޖަގަހަ ރައީސް މައުމޫން ހުޅުއްވައިދެއްވީ "މުޅ ހިންނަވަރު –ރައީސް މައުމޫންއާއެކު" މި ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ރައީސް މައުމޫން ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭގެ) ރައީސް އަޙްމަދު ސިޔާމް މުޙައްމަދުވެސް ވާހަކަ ދެއްކެވިއެވެ.

ޕީޕީއެމްގެ ހިންނަވަރުގޮފިން މަޢުލޫމާތު ދެއްވި ގޮތުގައި ރިޔާސީ ބަޙުސް ބާއްވާ ދުވަހާ ދިމާވުމުގެ ސަބަބުން މި ދަތުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓް ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް، ޕީޕީއެމްގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމްގެ އިތުރުން ޕީޕީއެމްގެ އިސްބޭފުޅުންގެ ތެރެއިން ނާއިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އަނީސާ އަޙްމަދު، މުޙައްމަދު ޙުސައިން ޝަރީފު (މުންދު) އަދި ރައީސް މައުމޫންގެ ދެ ދަރިކަލުން ފާރިޝް މައުމޫންއާއި ޣައްސާން މައުމޫން ބައިވެރިވެވަޑާއިގެންނެވިއެވެ. އަދި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމްގެ އިތުރުން އެމްޑީއޭގެ ނައިބްރައީސް ޑރ.މަޢުރޫފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޖަގަހަ ހުޅުއްވައިދެއްވައި ބޭއްވި ރަސްމިއްޔާތަށްފަހު އެ ވަފްދު ވަޑައިގެންނެވީ ޅ.ނައިފަރަށެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger