adbanner

adbanner
Home » , , » ހޮނިހިރުދުވަހު ދެވަނަ ބުރުގެ ވޯޓުނެގުމަށް ތައްޔާރު: އިލެކްޝަންސް ފޯކަލް ޕޮއިންޓް

ހޮނިހިރުދުވަހު ދެވަނަ ބުރުގެ ވޯޓުނެގުމަށް ތައްޔާރު: އިލެކްޝަންސް ފޯކަލް ޕޮއިންޓް

Thursday, September 26, 2013 | 9:06 PM

ސެޕްޓެމްބަރ 7 ގައި ފުރަތަމަ ބުރުގެ ވޯޓުލުމަށް ހިންނަވަރުގައި ވޯޓުލާ މަރުކަޒު ދޮށުގައި މީހުން ޖަމާވެފައި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުމަށް ހިންނަވަރުވެސް އޮތީ ފުރިހަމަ ތައްޔާރީ ޙާލަތުގައިކަމަށް އިލެކްޝަންސްގެ ހިންނަވަރު ފޯކަލް ޕޮއިންޓް ވިދާޅުވެއްޖެއެވެ.

މުޙައްމަދު އަބޫބަކުރު ވިދާޅުވީ ވޯޓުނަގާ މަރުކަޒުގެ އޮފިޝަލުންގެ ތަމްރީން މިއަދުވެސް ކުރިއަށް ގެންދެވުނުކަމަށާއި، ހިންނަވަރަށް ގެންނަންޖެހޭ ވޯޓުކަރުދާސް އަދި ހުރީ ނައިފަރުގައި ކަމުގައެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އަޅުގަނޑުމެންނަށް ދީފައިވާ މެންޑޭޓްގެ ތެރެއިން. ހޮނިހިރު ދުވަހު ވޯޓުނަގަން ޖެހުނަސް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. މާދަމާ މެންދުރުފަހާއި މާދަމާ ރޭވެސް ތަމްރީން ޕްރޮގްރާމްތައް ހިނގާނެ." މުޙައްމަދު އަބޫބަކުރު ވިދާޅުވިއެވެ.

ހިންނަވަރުގައި ބަހައްޓާ 5 ފޮށީގެ އިސްވެރިންނާއި އެހީތެރިން، އަދި ކިޔޫ ނަމްބަރ ބަލަހައްޓާ އޮފިޝަލުންނަށް މިއަދު ތަމްރީން ޕްރޮގްރާމް ހިންގާފައިވެއެވެ. އެ ތަމްރީން ބޭއްވުނީ ނައިފަރުގައެވެ. ވޯޓު ނަގާ މަރުކަޒުގެ އެހެނިހެން އޮފިޝަލުންނާއި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ބާއްވާ ޕްރޮގްރާމް މާދަމާ މެންދުރުފަހާއި މާދަމާރޭ ބޭއްވޭނެއެވެ. ހިންނަވަރަށް ގެންނަންޖެހޭ ވޯޓުކަރުދާސް އަދި ގެނެސްފައި ނުވެއެވެ. މިވަގުތު އެތަކެތި ހުރީ އަތޮޅު އިލެކްޝަންސް ސެންޓަރ ނައިފަރުގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުނެގުން ފަސްކުރުމަށް އަމުރުކޮށް، ފުރަތަމަ ބުރުވެސް ބާޠިލްކުރުމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދިޔަ ނަމަވެސް އިންތިޚާބުގެ ދެވަނަބުރުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ހުއްޓާނުލައި ކުރިއަށް ގެންދެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger