adbanner

adbanner
Home » , » ނޮކް-އައުޓް މެޗުން މޮޅުވެ ހައިނަސް ކުއާޓަރ ފައިނަލަށް

ނޮކް-އައުޓް މެޗުން މޮޅުވެ ހައިނަސް ކުއާޓަރ ފައިނަލަށް

Friday, September 27, 2013 | 3:28 PM


ތިން ގޯލްޖަހައި ހެޓްރިކް ހެދި މުޚުތާރު (މެދުގައި) އަދި އަޖްވަދު
މާލޭގައި މިހާރު ކުރިއަށްދާ ތިންވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ހިންނަވަރު ހައިނަސް ދަތުރުކޮށްފިއެވެ.

ރޭ ކުޅެވުނު މި މެޗުން ހައިނަސް މޮޅުވީ ވައްކޯ ސްޕޯޓްސް ކްލަބާ ވާދަކޮށް 1-4 އިންނެވެ. މި 4 ގޯލްގެ ތެރެއިން 3 ގޯލްޖަހައި ޢަލީ މުޚްތާރު ޙަސަން (މުއްޓޭ) ހެޓްރިކް ހަދާފައިވެއެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު އަޖުވަދު އާދަމްއެވެ.

ކުއާޓަރ ފައިނަލްގައި ކުޅެންޖެހޭނީ މުއިވެޔޮ ފްރެންޑްސް ކްލަބާއެވެ. އެއީ އޮކްޓޯބަރ 3 ވާ ބުރާސްފަތި ދުވަހުގެ ހަވީރެވެ.

ގްރޫޕް ސްޓޭޖުގައި 3 ޓީމު ހިމެނުނު އިރު ހައިނަސް ދެވަނަ ބުރަށް އައީ ކުޅުނު ދެމެޗުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އެއް މެޗްގައި 10 ގޯލު އަދި އަނެއް މެޗްގައި 15 ގޯލު ޖަހާފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger