adbanner

adbanner
Home » , » އަމާން އޮމާން ހިތްގައިމު އިންތިޚާބަކަށްފަހު ނަތީޖާގެ އިންތިޒާރުގައި

އަމާން އޮމާން ހިތްގައިމު އިންތިޚާބަކަށްފަހު ނަތީޖާގެ އިންތިޒާރުގައި

Saturday, September 7, 2013 | 5:27 PM


މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގައި ހިންނަވަރުގައިވެސް ގަޑިއަށް ފެށުނެވެ. ހަވީރު 4:00 ގައި ވޯޓު ފޮށިތައް ބަންދުކުރެވި، މިހާރު ގުނަން ފަށާފައިވާއިރު މިއީ ނަތީޖާއަށް އިންތިޒާރު ކުރެވޭ ވަގުތެވެ.

އިންތިޚާބު ދިޔައީ ވަރަށް އަމާން އޮމާންކޮށެވެ. އަދި ހިތްގައިމުކޮށެވެ. އެންމެ ފުރަތަމަ ވޯޓުލުމުގެ އުފާ ހޯދުމަށް ބޭނުންވި ބައެއް މީހުން ކުރިއާލާ ގަޑިޖެހުމުގެ ކުރިން ކިއު ހެދިއެވެ. ނަމަވެސް ވޯޓު ލުން ފެށިގެން ކުރިއަށް ދިޔައިރު ބާރުބޮޑުވެ، އުނދަގޫވާ ވަރަށް ކިޔު ހަދަން ޖެހިފައެއް ނުވެއެވެ. އަދި މެންދުރުވީއިރު ވަރަށް ގިނަ މީހުން ވޯޓުލާފައިވާކަންވެސް ފާހަގަ ކުރެވެއެވެ.

މެންދުރު ނަމާދުގަޑި ޖެހުނު އިރު ބައެއް ފޮށިތަކުގައި ވޯޓުލާން މީހުން ނެތެވެ. އަދި މެންދުރު ފަހު މީހުން އަނެއްކާވެސް އަންނަން ފަށައި 3:30 ވީއިރު 4 ފޮށްޓަކުން މުޅިންހެން ވޯޓުލުން ނިމިއްޖެއެވެ. ދެން ހުރި ފޮށްޓަށް ވޯޓުލުމަށްވެސް އައީ މަދު މީހެކެވެ. އެހެންކަމުން ވޯޓުލުން ބަންދުކުރަން ހަމަޖެހިފައިވާ ގަޑިއަށް ބަންދުކުރެވުނެވެ. އަދި 4:30ގައި ވޯޓު ގުނަން ފެށިފައިވެއެވެ.

މިފަހަރުގެ ވޯޓުލުން ކުރިއަށް ދިޔަގޮތާއި، ރަށުތެރޭގެ ޢާއްމު ޙާލަތު ވަރަށް ހިތްގައިމު ކަމުގައި ބުނަންޖެހެއެވެ. ރަޖިސްޓްރީގެ މައްއސަލަ ނެތުމާ، ބޮޑެތި ކިޔޫ ހަދަން ނުޖެހުމާ މިހެންގޮސް ހުރިހާ ކަމެކެވެ.

މި ހިތްގައިމު ވޯޓުލުމުގެ ޙަރަކާތަށްފަހު މިހާރު މިއީ އިންތިޒާރުގެ ވަގުތެވެ. ނޭވާ ހިފަހައްޓާލައިގެން މަޑުކޮށްލައި ކެތްތެރިވެލަންޖެހޭ ވަގުތެވެ. މުޅި ރާއްޖެއެކޭ އެއްގޮތަށް ހިންނަވަރުވެސް ކުރަނީ ހަމަ މި އިންތިޒާރެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger