adbanner

adbanner
Home » , » އަމާންކަމާ އޮމާންކަމާއެކު ހިންނަވަރުގައި ވޯޓުލުން ނިމިއްޖެ

އަމާންކަމާ އޮމާންކަމާއެކު ހިންނަވަރުގައި ވޯޓުލުން ނިމިއްޖެ

Saturday, September 7, 2013 | 9:34 AM

އުތުރު އަވަށު ވޯޓުލާ މަރުކަޒު:މެންދުރު 12:30، ގިނަ މީހުން ވޯޓުލާ ނިމިފައި
ވޯޓު ގުނުމުގެ މަސައްކަތް ހަވީރު 4:30 ގައި ފެށއްޖެއެވެ. 5 ފޮށި ބެހެއްޓި ފަސް މަރުކަޒުގައިވެސް ގަޑިއަށް ވޯޓު ގުނުން ފެށިފައިވެއެވެ. ހިންނަވަރުގައި މިއަދު ވޯޓުލުން ފެށުނީއްސުރެ ނިމެންދެން ދިޔައީ ވަރަށް އަމާންކަމާ އޮމާންކަމާއެކުގައެވެ.ހަވީރު 4:00 ގައި 1 ނަމްބަރު ވޯޓު ފޮށި ބަންދުކޮށްފި. ވޯޓުލީ ޖުމްލަ ޢަދަދު 368
ހަވީރު 4:00 ގައި 2 ނަމްބަރު ވޯޓު ފޮށި ބަންދުކޮށްފި. ވޯޓުލީ ޖުމްލަ ޢަދަދު 372
ހަވީރު 4:00 ގައި 3 ނަމްބަރު ވޯޓު ފޮށި ބަންދުކޮށްފި. ވޯޓުލީ ޖުމްލަ ޢަދަދު 352
ހަވީރު 4:00 ގައި 3 ނަމްބަރު ވޯޓު ފޮށި ބަންދުކޮށްފި. ވޯޓުލީ ޖުމްލަ ޢަދަދު 557
ހަވީރު 4:00 ގައި 5 ނަމްބަރު ވޯޓު ފޮށި ބަންދުކޮށްފި. ވޯޓުލީ ޖުމްލަ ޢަދަދު 410
ވޯޓުލީ ޖުމްލަ ޢަދަދު: 2059، ވޯޓުލީ ޕަސެންޓޭޖް 88.9
ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ 4:30 ގައި

ހަވީރު 3:30
މެންދުރުފަހު އަނެއްކާވެސް މީހުން ކޮންމެވެސް ވަރަކަށް ވޯޓުލާން އައި ނަމަވެސް މިހާރު 5 ނަމްބަރު ފޮށި ފިޔަވައި އެހެން ފޮށިތަކުގައި ކިޔޫއެއް ނެތް. މި ފޮށިތަކަށް ވޯޓުލާން އައި އެންމެން މިހާރު ވަނީ ވޯޓުލާ ނިމިފައި. ބެލެވޭ ގޮތުގައި މި 4 ފޮށްޓަށް ވޯޓުލާން ތިބިމީހުން މުޅިންހެން ވޯޓު ލާ ނިމުނީ. 5 ނަމްބަރު ފޮށްޓަށް ވޯޓުލުމަށްޓަކައި މަދުމަދުން މީހުން އައިސް ވޯޓުލުން ކުރިއަށްދޭ.
މިހާތަނަށް ވޯޓުލީ ޢަދަދުތައް
ވޯޓު ފޮށި ނަމްބަރ 1: މިހާތަނަށް ވޯޓުލީ ޢަދަދު 354، އިތުރަށް ވޯޓުލުމަށް 64، ވޯޓުލީ ޕަސެންޓް 85%
ވޯޓު ފޮށި ނަމްބަރ 2: މިހާތަނަށް ވޯޓުލީ ޢަދަދު ފިރިހެން 171، އަންހެން 193، ޖުމްލަ 364، އިތުރަށް ވޯޓު ލުމަށް 51، ވޯޓުލީ ޕަސެންޓް 88
ވޯޓު ފޮށި ނަމްބަރ 3: މިހާތަނަށް ވޯޓުލީ ޢަދަދު 349، އިތުރަށް ވޯޓުލުމަށް 47، ވޯޓުލީ ޕަސެންޓް 89
ވޯޓު ފޮށި ނަމްބަރ 4: މިހާތަނަށް ވޯޓުލީ ޢަދަދު އަންހެން 275، ފިރިހެން 275، ޖުމްލަ 550،، އިތުރަށް ވޯޓުލުމަށް 70، ވޯޓުލީ ޕަސެންޓް 89
ވޯޓު ފޮށި ނަމްބަރ 5: މިހާތަނަށް ވޯޓުލީ ޢަދަދު 402، އިތުރަށް ވޯޓު ލުމަށް 65، ވޯޓުލީ ޕަސެންޓް 86
ޖުމްލަ ވޯޓުލީ ޢަދަދު: 2019، މިހާތަނަށް ވޯޓުލީ ޕަސެންޓް 87
ވޯޓުނެގުމުގެ އެންމެހާ ކަންތައްތައް ވަރަށް އަމާން އޮމާންކަމާއެކު ކުރިއަށްދޭ. އެއްވެސް މައްސަލައެއް ދިމާވިކަމެއް އެނގިފައެއް ނުވޭ.
މަޢުލޫމާތު: ވޯޓުލާ މަރުކަޒުތަކުން

ވޯޓު ލުމުގެ ހުރިހާ ކަމެއް ވަރަށް އަމާން އޮމާންކަމާއެކު ކުރިއަށްދާކަމަށް މަޢުލޫމާތު ލިބޭ.
މޫސުންވެސް ރަނގަޅު. ރަށުތެރޭގެ ޢާއްމު ޙާލަތު ރަނގަޅު.
 މެންދުރު 12:30
ވޯޓު ފޮށި ނަމްބަރ 1: މިހާތަނަށް ވޯޓުލީ ޢަދަދު 313،
ވޯޓު ފޮށި ނަމްބަރ 2: މިހާތަނަށް ވޯޓުލީ ޢަދަދު 328،
ވޯޓު ފޮށި ނަމްބަރ 3: މިހާތަނަށް ވޯޓުލީ ޢަދަދު 319،
ވޯޓު ފޮށި ނަމްބަރ 4: މިހާތަނަށް ވޯޓުލީ ޢަދަދު 398،
ވޯޓު ފޮށި ނަމްބަރ 5: މިހާތަނަށް ވޯޓުލީ ޢަދަދު 342،
 ޖުމްލަ އަދަދު: 1700
އިތުރަށް ވޯޓުލާން ތިބި މީހުންގެ ޖުމްލަ ޢަދަދު: 5 ފޮށްޓަށް 616
 ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން އެއްވެސް މަރުކަޒެއްގައި މިވަގުތު މީހުން ކިޔޫޖެހިފައެއް ނެތް. މިހާތަނަށް ވޯޓުލާން އައި އެންމެންވެސް ވަނީ ވޯޓުލާ ނިމިފައި.
މަޢުލޫމާތު: ވޯޓުލާ މަރުކަޒުތަކުން.
ހިންނަވަރު ދެކުނު އަވަށުގައި ތަޢުލީމީ މަރުކަޒު ކައިރީގައި ވޯޓުލުމަށްޓަކައި މީހުން ޖަމާވެގެން

ހެނދުނު 10:15 - 1 ނަމްބަރު ފޮށީ: މިހާތަނަށް 194މީހުން ވޯޓު ލައިފ. މި ފޮށްޓަށް ރަޖިސްޓްރީ ވެފައިވާ ޖުމްލަ ޢަދަދަކީ 418، އެއީ ފިރިހެން 210، އަންހެން 208.
ވޯޓް ފޮށި ނަމްބަރ 2: މި ފޮށްޓަށް މިހާތަނަށް 247 މީހުން ވޯޓު ލައިފި، ރަޖިސްޓްރީ ވެފައިވާ ޖުމްލަ ޢަދަދަކީ 415، އެއީ ފިރިހެން 205، އަންހެން 210..
ވޯޓް ފޮށި ނަމްބަރ 3: މި ފޮށްޓަށް މިހާތަނަށް 40މީހުން ވޯޓު ލައިފި، ރަޖިސްޓްރީ ވެފައިވާ ޖުމްލަ ޢަދަދަކީ 396، އެއީ ފިރިހެން 197، އަންހެން 199
ވޯޓް ފޮށި ނަމްބަރ 4: މި ފޮށްޓަށް މިހާތަނަށް 50މީހުން ވޯޓު ލައިފި، ރަޖިސްޓްރީ ވެފައިވާ ޖުމްލަ ޢަދަދަކީ 620، އެއީ ފިރިހެން 310، އަންހެން 310
ވޯޓް ފޮށި ނަމްބަރ 5: މި ފޮށްޓަށް މިހާތަނަށް 232 މީހުން ވޯޓު ލައިފި، ރަޖިސްޓްރީ ވެފައިވާ ޖުމްލަ ޢަދަދަކީ 467، އެއީ ފިރިހެން 237، އަންހެން 230
މަޢުލޫމާތު: އިލެކްޝަންސް ކޮމިޝަން ވެބްސައިޓް، އަދި ވޯޓުލާ މަރުކަޒުތަކުން

ރިޔާސީ އިންތިޚާބުގައި ވޯޓުލުން ހިންނަވަރުގައިވެސް ފެށިއްޖެއެވެ. ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވޯޓުލުން ފެށިފައިވެއެވެ. ގަޑިޖެހުމުގެ ކުރިން ކިއުހަދައިގެން ވޯޓުލުމަށްޓަކައި މީހުން ޖަމާވަމުން ގޮސްފައިވެއެވެ. ވޯޓުލުން އަމާންއޮމާންކަމާއެކު ކުރިއަށްދާއިރު އަމަން ފުލުހުންވެސް ރަށުތެރޭގައި ޙަރަކާތްތެރިވަމުން ގެންދެއެވެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger