adbanner

adbanner
Home » , , » ހިންނަވަރުގެ މެޖޯރިޓީ ރައީސް ނަޝީދަށް

ހިންނަވަރުގެ މެޖޯރިޓީ ރައީސް ނަޝީދަށް

Sunday, September 8, 2013 | 1:00 AM


ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ލިބުނީއެވެ. ވޯޓުލުން ދެވަނަ ބުރަކަށް ދިޔަކަން ޔަޤީންވީއެވެ.

ގާތްގަނޑަކަށް 45 ޕަސެންޓް ވޯޓާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ފުރަތަމަ ބުރުން ކުރި ހޯއްދަވައިފިއެވެ. ދެވަނަ ހޯއްދެވީ 25 ޕަސެންޓުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީންއެވެ. ރައީސް ނަޝީދަށް ފުރަތަމަ ބުރުން ޖުމްލަ ވޯޓުގެ މެޖޯރިޓީ ލިބިފައި ނުވިޔަސް ހިންނަވަރުގެ މެޖޯރިޓީ ރައިސް ނަޝީދު ހޯއްދަވައިފިއެވެ.

ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ނަތީޖާގެ ގޮތުގައި މި ވެބްސައިޓުން ގެނެސްދީފައިވާނީ ރައީސް ނަޝީދަށް ޖުމްލަ 1146 ކަމުގައެވެ. އެއީ 56 ޕަސެންޓެވެ. ނަމަވެސް ހަވީރު ނޫހާއި ސަން އޮންލައިންގެ ނަތީޖާއަށް ބަލާއިރު އެ ޢަދަދުތަކާ ތަފާތެވެ. ހަވީރާއި ސަން އޮންލައިންގައި ދީފައިވާ ނަތީޖާ ތިރީގައި އެވަނީއެވެ.
ކެންޑިޑޭޓް ނަމްބަރ 1: ޤާސިމް އިބްރާހީމް، 428 (ޕަސެންޓޭޖް 19.7)
ކެންޑިޑޭޓް ނަމްބަރ 2 ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 42، (ޕަސެންޓޭޖް 1.9)
ކެންޑިޑޭޓް ނަމްބަރ 3 ޢަބްދުﷲ ޔާމީން 604، (ޕަސެންޓޭޖް 27.7)
ކެންޑިޑޭޓް ނަމްބަރ 4 މުޙައްމަދު ނަޝީދު (އަންނި) 1100، (ޕަސެންޓޭޖް 50.5)

ހިންނަވަރު ރައްޔިތުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ބެހެއްޓި ފޮށްޓަށް ޖުމްލަ ވޯޓުލީ ލިސްޓުގައިވާ 782 މީހުންގެ ތެރެއިން 748 މީހުންނެވެ. ވަކިވަކި ކެންޑިޑޭޓުންނަށް ލިބުނު ނަތީޖާ
ކެންޑިޑޭޓް ނަމްބަރ 1: ޤާސިމް އިބްރާހީމް، 114(ޕަސެންޓޭޖް 15.3)
ކެންޑިޑޭޓް ނަމްބަރ 2 ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 14، (ޕަސެންޓޭޖް 1.9)
ކެންޑިޑޭޓް ނަމްބަރ 3 ޢަބްދުﷲ ޔާމީން 188، (ޕަސެންޓޭޖް 25.1)
ކެންޑިޑޭޓް ނަމްބަރ 4 މުޙައްމަދު ނަޝީދު (އަންނި) 431، (ޕަސެންޓޭޖް 57.6)

ހިންނަވަރު މީހުންކުރެ މާލޭގައި ވޯޓުލީ ފޮށީގެ ނަތީޖާއާއެކު ހިންނަވަރުގެ މުޅި ޖުމްލަ ނަތީޖާއަށް ބަލާލުމުން އެންމެ ކުރީގައިވަނީ ރައީސް ނަޝީދެވެ. އެއީވެސް މެޖޯރިޓީ ނަތީޖާއެވެ. 52.3 ޕަސެންޓުންނެވެ.
ހިންނަވަރު މުޅި ޖުމްލަ ނަތީޖާގެ ޚުލާޞާ (ހިންނަވަރުގެ 5 ފޮށްޓާއި މާލޭ ފޮށީގެ ޖުމްލަ ނަތީޖާ)
ކެންޑިޑޭޓް ނަމްބަރ 1: ޤާސިމް އިބްރާހީމް، 542(ޕަސެންޓޭޖް 18.5)
ކެންޑިޑޭޓް ނަމްބަރ 2 ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 56، (ޕަސެންޓޭޖް 1.9)
ކެންޑިޑޭޓް ނަމްބަރ 3 ޢަބްދުﷲ ޔާމީން792، (ޕަސެންޓޭޖް 27.1)
ކެންޑިޑޭޓް ނަމްބަރ 4 މުޙައްމަދު ނަޝީދު (އަންނި) 1531، (ޕަސެންޓޭޖް 52.3)

މި ނަތީޖާއިންވެސް ރައީސް ނަޝީދަށް ހިންނަވަރުން 50 ޕަސެންޓަށްވުރެ ގިނަވެ މެޖޯރިޓީ ލިބުނީއެވެ. އެހެންނަމަވެސް މުޅި ޖުމްލަ ނަތީޖާގައި އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީ ލިބިފައި ނުވަތީ މީގެ 3 ހަފްތާ ފަހުން މުޅި ރާއްޖެއާއެކު ހިންނަވަރުވެސް ކުރިމަތިލާނީ ދެވަނަ ބުރަކާއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger