adbanner

adbanner
Home » , , » ސާފް ޗެމްޕިއަންޝިޕްގެ އިއްޔެގެ މެޗާއެކު ރާއްޖެއަށް ރެކޯޑްތަކެއް

ސާފް ޗެމްޕިއަންޝިޕްގެ އިއްޔެގެ މެޗާއެކު ރާއްޖެއަށް ރެކޯޑްތަކެއް

Tuesday, September 3, 2013 | 3:44 PM

ގޯލްޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ (ފޮޓޯ: އިމޭޖަސް.އެމްވީ

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗް 10-0 އިން ކާމިޔާބުކޮށް ރެކޯޑްތަކެއް ހަދައިފިއެވެ.

ނޭޕާލުގައި ކުރިއަށްދާ މުބާރާތުގައި ވާދަވެރި ސްރީ ލަންކާގެ މައްޗަށް ރާއްޖެ ކާމިޔާބު ހޯދި މި މެޗްގައި މި ނެރުނު ނަތީޖާއާއެކު ރާއްޖޭން އެތައް ރެކޯޑެއް ހަދައިފިއެވެ.
- ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރުން. މީގެ ކުރިންވެސް މި ރެކޯޑު އޮތީ ރާއްޖެއަތުގައެވެ. އެއީ 2005 ވަނަ އަހަރު އަފްޣާނިސްތާނު އަތުން 9-1 އިން މޮޅުވި މެޗުންނެވެ. މިފަހަރު 10 ގޯލާއެކު އެ ރެކޯޑު އާ ކުރީއެވެ.
- ސާފް ޗެމްޕިއަންގައި މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑް. މި ރެކޯޑް ޙާޞިލްކުރީ ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ. އިންޑިޔާގެ ކުރީގެ ކެޕްޓަން ވިޖެޔަން ކާމިޔާބުކޮށްފައިވާ 12 ގޯލުގެ ރެކޯޑް ދަގަނޑޭ މި މެޗްގައި ޖެހި ފަސްވަނަ ލަނޑާއެކު މުގުރާލެވުނެވެ. އެހެންކަމުން އޭނާގެ 6 ލަނޑާއެކު ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ 14 ގޯލާއެކު ދަގަނޑޭއެވެ. އަދި ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ދެ ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިއަކީވެސް ދަގަނޑޭއެވެ.
- ސާފް ޗެމްޕިއަންޝިޕް މެޗެއްގައި އެންމެ ގިނަގޯލު ޖެހި ކުޅުންތެރިއާގެ ރެކޯޑް. 6 ގޯލާއެކު މި ރެކޯޑް ހޯދީވެސް ދަގަނޑޭއެވެ.
- ސްރީލަންކާއާ ދެކޮޅަށް އެންމެ ތަފާތުބޮޑުކޮށް މޮޅުވި މެޗް.
ދަގަނޑޭ މި ސީޒަންގައި މިހާތަނަށް 48 ލަނޑު ޖަހާފައިވުމާއެކު މި ސީޒަންގެ 50 ވަނަ ލަނޑު މި މުބާރާތުން ޙާޞިލްކުރުމުގެ ފުރުޞަތު ދަގަނޑޭއަށް ފަސޭހަކަމުގައި ދެންނެވިދާނެއެވެ.

މި މެޗުން ލަންކާ ޓީމު ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގާކަމަށް ލަންކާ ޓީމުގެ ކޯޗު ރޮބާޓޯ ބުނެފައިވެއެވެ.
މި ލިޔުން ހިއްސާކުރައްވާ :

No comments:

Post a Comment

 
Support : Hinnavaru Hiyaa | Ahmed Rasheed | Ziyad Rashad
Copyright © 2011. ހިންނަވަރު ހިޔާ - All Rights Reserved
Template Created by LaNews
Proudly powered by Blogger